ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
02 ޓަނުގެ ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ތާރީޚް:

27 ޖެނުއަރީ 2021

ނަންބަރު:

(IUL)401-E/401/2021/34

14 ޖުމާދުލްއާޚިރާ 1442

އިޢުލާންގެ ވަނަ:

 

02 ޓަނުގެ ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

 

މިއިދާރާގެ ބޭނުމަށް 02 ޓަނުގެ ޕަވަރގޭޓް ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓަރީވުމާއި ބީލަން ފޯމާއި ބީލަމުގެ މަޢުލޫމާތު ކަރުދާސް ދޫކުރުން

ބީލަން ހުށަހަޅާ ފޯމާއި މަޢުލޫމާތު ކަރުދާސް މިއިދާރާގެ ވެބްސައިޓް www.fonadhoo.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

ބީލަން ހުށަހަޅާ ފޯމްގެ އަގަކީ -/150ރ އެވެ. (ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2021 ޖެނުއަރީ 28 ވަނަ ދުވަހުން ފެށިގެން 2021 ފެބުރުއަރީ 10 ވަނަ ދުވަހާ ހަމައަށް ރަސްމީދުވަސްތަކުގެ 8:00 އިން 12:00 އަށެވެ.(

ބީލަން ހުށަހަޅާ ފޯމް ގަތުމަށް ފައިސާދެއްކުމުން ބީލަން ހުށަހެޅުމަށް އެފަރާތެއް ރަޖިސްޓަރީ ކުރެވުނީއެވެ.

 

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

ބީލަން ހުށހެޅުމުގެ ސުންގަޑި: 14 ފެބުރުއަރީ 2021 (އާދީއްތަ)، 13:30

ސުންގަޑި ހަމަވުމުން ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.

ބީލކަން ހުށަހަޅަންޖެހޭތަން: ލ. ފޮނަދޫ ކައުންސިލްގެ އިދާރާ

ހުށަހަޅާ ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި 'ޕިކަޕް ސަޕްލައި ކޮށްދިނުން' މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯނު ނަންބަރު ސިޓީ އުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.

ބީލަން ހުޅުވުން: 14 ފެބުރުއަރީ 2021 (އާދީއްތަ)، 13:30 ގައި ލ. ފޮނަދޫ ކައންސިލް އިދާރާގެ މީޓިންގ ރޫމްގައި ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ވަޑައިގަންނަ ބީލަންވެރިންގެ ޙާޟިރުގައި

 

އިތުރު މަޢުލޫމާތު

މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯނު: 6800082

އީމެއިލް: [email protected]

27 ޖަނަވަރީ 2021
ހޯދާ