މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
މަދަނީ ޖަމްޢިއްޔާތައް ހަރުދަނާ ކުރުމުގެ ގޮތުން އަތޮޅުތެރޭގައި ހިންގުމަށް ހަމަޖެހިފައިވާ ކެޕޭސިޓީ ބިލްޑިންގ ވޯކްޝޮޕް ހޯސްޓް ކުރަން ބޭނުންވާ މަދަނީ ޖަމްޢިއްޔާތަކަށް އިތުރަށް ފުރުޞަތު ހުޅުވާލުން.

                                   އިޢުލާން

މަދަނީ ޖަމްޢިއްޔާތައް ހަރުދަނާ ކުރުމުގެ ގޮތުން އަތޮޅުތެރޭގައި ހިންގުމަށް ހަމަޖެހިފައިވާ ކެޕޭސިޓީ ބިލްޑިންގ ވޯކްޝޮޕް ހޯސްޓް ކުރަން ބޭނުންވާ މަދަނީ ޖަމްޢިއްޔާތަކަށް އިތުރަށް ފުރުޞަތު ހުޅުވާލުން.

 މި މިނިސްޓްރީން ކުރެވުނު IUL)141-CE/141/2021/5 (އ12 ޖަނަވަރީ 2021) އިޢުލާނަށް، ތިރީގައިވާ ރަށްތަކަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްގެ ޢަދަދު މަދުކަމަށް ފެންނާތީ މިރަށްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލައިފީމެވެ. އަދި ފުރަތަމަ ކުރެވުނު އިޢުލާންގައިވާ މަޢުލޫމާތު ބައެއް ރަށްތަކަށްވަނީ ބަދަލު ގެނެވިފައެވެ.

 ވީމާ، މިގޮތުން މަދަނީ ޖަމްޢިއްޔާތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން، 3 އަތޮޅަކަށް އަމާޒުކޮށް އެން.ޖީ.އޯ ކެޕޭސިޓީ ބިލްޑިންގ ވޯކްޝޮޕެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. މިވޯކްޝޮޕްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މަދަނީ ޖަމްޢިއްޔާއަކާއި ގުޅިގެންނެވެ. އަދި ވޯކްޝޮޕް ހޯސްޓްކުރަން ބޭނުންވާ ޖަމްޢިއްޔާއަކަށް މިވޯކްޝޮޕް ހޯސްޓު ކުރުމާއި، ވޯކްޝޮޕް އިންތިޒާމް ކުރުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދިއުމުގެ ފުރުޞަތު ދިނުމަށްވަނީ ހަމަޖެހިފައެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ޖަމްޢިއްޔާތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.     

ވޯކްޝޮޕްގެ ނަން:   ޓްރެއިނިންގ ވޯކްޝޮޕް އޮން ޕްރޮޖެކްޓް ސައިކަލް މެނޭޖްމަންޓް

ވޯކްޝޮޕް ބާއްވާ ރަށާއި ތާރީޚް:

  1. 1.  ރ. އުނގޫފާރު   ( 03 ފެބްރުވަރީ 2021 އިން 06 ފެބްރުވަރީ 2021 ނިޔަލަށް)  
  2. 2.  ބ. ދަރަވަންދޫ    ( 10 ފެބްރުވަރީ 2021 އިން 13 ފެބްރުވަރީ 2021 ނިޔަލަށް)  
  3. 3.  ގދ. މަޑަވެލި    ( 17 ފެބްރުވަރީ 2021 އިން 20 ފެބްރުވަރީ 2021 ނިޔަލަށް)  

 ފޯމް ލިބެން ހުންނާނެތަން:

  www.youth.gov.mv ވެބްސައިޓުން

ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތަން: [email protected]އީމެއިލް މެދުވެރިކޮށެވެ. (ޕްރޮޕޯސަލް ހުށަހަޅުއްވާނީ އިޢުލާނާއެކުގައިވާ ޓެމްޕްލޭޓާއި އެއްގޮތަށް ދިވެހިބަހުންނެވެ.)

ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވާ އެންމެ ފަހުގެ ތާރީޚް:

  1. 1. ރ. އުނގޫފާރު    ( 31 ޖަނަވަރީ 2021 ވަނަދުވަހުގެ 13:00)
  2. 2. ބ. ދަރަވަންދޫ    ( 02 ފެބްރުވަރީ 2021 ވަނަދުވަހުގެ 13:00)
  3. 3. ގދ. މަޑަވެލި    ( 04 ފެބްރުވަރީ 2021 ވަނަދުވަހުގެ 13:00)

ފުރުޞަތު ދިނުމުގައި ބަލާނެ މިންގަނޑު: މިފަދަ ޕްރޮގްރާމްތައް ހިންގުމުގައި އެ ޖަމްޢިއްޔާއަކަށް ލިބިފައިވާ ތަޖުރިބާއާއި، ވޯކްޝޮޕް ހިންގުމުގައި އެހެން ފަރާތްތަކުގެ ބައިވެރިވުން އޮތް މިންވަރަށާއި، ވޯކްޝޮޕް ހިންގުމުގައި އެޖަމްޢިއްޔާއަކުން ކުރާނެ ޙިއްޞާގެ މިންވަރަށެވެ. އަދި މިކަމަށް ޖަމްޢިއްޔާއެއް ހޮވުމުގައި ފުވައްމުލައް ސިޓީއަށް ނިސްބަތްވާ ޖަމްޢިއްޔާތަކަށް އިސްކަން ދެވޭނެއެވެ.

ޕްރޮޕޯސަލް އާއެކު ހުށަހަޅާ ބަޖެޓުގައި ހިމަނަންޖެހޭ ބައިތައް:

އަތޮޅު ތެރެއިން ބައިވެރިވާ ބައިވެރިންގެ ހުރުމާއި ކެއުން، އަދި ކަނޑު ދަތުރު ޚަރަދާއި ސެޝަންތައް ބާއްވާނެ ހޯލް ހަމަޖެއްސުން (30 ބައިވެރިންނަށްވުރެ އިތުރު ނުވާގޮތަށް)

ނޯޓް:

* އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ނަންބަރު 3347300 ، 7556883 ، 7662474 އަށް ގުޅުއްވުން އެދެމެވެ.

* ވޯކްޝޮޕްގައި ފެސިލިޓޭޓް ކުރާނެ ފަރާތްތަކާއި ސެޝަން ނަންގަވައި ދެއްވާ ފަރާތްތައް ކަނޑައަޅައި އެފަރާތްތަކުގެ ޚަރަދާއި، ސްޓޭޝަނަރީގެ ޚަރަދު ކަނޑައަޅާނީ މި މިނިސްޓްރީންނެވެ. މިޚަރަދުތައް ޕްރޮޕޯސަލްގައި ހުށަހަޅާކަށް ނުޖެހޭނެއެވެ.

      

27 ޖަނަވަރީ 2021
ހޯދާ