ދިވެހިރާއްޖެ
ނަމްބަރ: IUL)295-B/2021/04)
އިޢުލާން
ނ.ހޮޅުދޫ އިޖުތިމާޢީ މަރުކަޒާއި، ހޮޅުހިޔާ އަދި ބޯޅަގޭގެ މިދަންނަވާ މަސައްކަތްތައް ކުރުމަށް ބޭނުންވެއެވެ.
- ނ.ހޮޅުދޫ އިޖުތިމާޢީ މަރުކަޒާއި، ހޮޅުހިޔާ އަދި ބޯޅަގޭގެ ބައެއް ދޮރުތައް އެލްމުނިއަމްއަށް ބަދަލުކުރުން
- ނ.ހޮޅުދޫ އިޖުތިމާޢީ މަރުކަޒުގެ އިރުމަތީބަޔަށް ވާރޭވެހޭ މައްސަލަ ޙައްލުކުރުން
ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 31 ޖެނުއަރީ 2021 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 03 ފެބްރުއަރީ 2021 ވާ ބުދަ ދުވަހުގެ 11:00 ގެކުރިން އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. އެސްޓިމޭޓްތައް ކެނޑުން އޮންނާނީ 03 ފެބްރުއަރީ 2021 ވާ ބުދަ ދުވަހުގެ 11:00 ގައި އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެވަގުތު ތިއްބަވާ ފަރާތްތަކުގެ ޙާޟިރުގައެވެ.
މިމަސައްކަތަށްއެދި ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.