ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމާއި ގުޅޭ
ނަންބަރު :WAMCO-PRO/IUL/2021/006
މި ކޯޕަރޭޝަންއަށް ޤާނޫނީ ލިޔުންތައް ތައްޔާރު ކޮށްދިނުމާއި، ޤާނޫނީ ލަފާދިނުމާއި، ކޯޓްތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތުކުރުމާއި، ތަރުޖަމާކުރުންފަދަ މަސައްކަތްތައް ކުރުމަށް ލީގަލް ރިޓެއިނަރއެއް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތައް ހޯދަން ކުރެވުނު އިއުލާން ނަންބަރ (WAMCO-PRO/IUL/2021/003) ގައިވާ އަންދާސީ ހިސާބު ހުށަހެޅުމުގެ މުއްދަތު އިތުރު ކުރެވިފައިވާ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.
ވީމާ، މިކޯޕަރޭޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވާލުގައި ބަޔާން ކުރެވިފައިވާ ތާރީޚުގައި މާލެ އިންޑަސްޓްރިއަލް ޒޯންގައި ހުންނަ ވެމްކޯގެ އޮފީހަށް ހާޒިރުވެވަޑައިގެން މައުލޫމާތު ކަރުދާހައި އެއް ގޮތަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުށަހެޅުއްވޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއް ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
|
ތާރީޙު |
ގަޑި |
ތަން |
އަންދާސީ ހިސާބު ހުށަހެޅުން |
02 ފެބްރުއަރީ 2021 |
11:00 |
މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވެމްކޯގެ އޮފީސް |
2021 ފެބްރުއަރީ 02 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގެ ފަހުން ލިބޭ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ.
ބީލަން ހުށަހަޅުއްވާއިރު މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހާއި ބަޔާންކުރައްވާފައިވާ ފަދައިން ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރު ގުޅުއްވުން ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
މއ. ޖަންބުގަސްދޮށުގެ، ތިންވަނަ ފަންގިފިލާ
މަޖީދީމަގު ، މާލެ، ދިވެހިރާއްޖެ.
ޕޯސްޓަލްކޯޑް:20161
ފޯން ނަންބަރު: 3025804 ފެކްސް ނަންބަރު: 3000584
27 ޖަނަވަރީ 2021