ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
އިމްތިޙާނު ތަކުގެ ޗީފު އިންވިޖިލޭޓަރުކަމާއި އިންވިޖިލޭޓަރުކަން ކޮށްދޭނެ މީހުން ހޯދުން

ނަންބަރު: 06 IUL)120/1/2021)

އިޢުލާން

އިމްތިޙާނު ތަކުގެ ޗީފު އިންވިޖިލޭޓަރުކަމާއި އިންވިޖިލޭޓަރުކަން ކޮށްދޭނެ މީހުން ހޯދުން

2021 ވަނަ އަހަރު މިޑިޕާޓްމަންޓުން ހިންގާ އެކިއެކި އިމްތިޙާން ތަކުގެ ޗީފު އިންވިޖިލޭޓަރު ކަމާއި އިންވިޖިލޭޓަރުކަން ކޮށްދޭނެ މީހުން ހޯދަން ބޭނުންވެއެވެ. އިމްތިޙާނުތައް އޮންނާނީ 2021 މެއިމަހުން ފެށިގެން ޖުލައިމަހުގެ ނިޔަލަށެވެ.

ޗީފު އިންވިޖިލޭޓަރުންނަށްވުމަށްޓަކައި މިޑިޕާޓްމަންޓުން ހިންގާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރަން ޖެހޭނެއެވެ.

ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން، އެކަމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު ފުރުމަށްފަހު 2021 ފެބްރުއަރީ 03 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން  މިޑިޕާޓްމަންޓް ހިނގަމުންދާ، ހ.އަސްރަފީވިލާ 2 ވަނަ ފަންގިފިލާއަށް ހުށަހެޅުން އެދެމެވެ.  

ޗީފު އިންވިޖިލޭޓަރު ކަމާއި އިންވިޖިލޭޓަރުކަމަށް އެދޭ އެޕްލިކޭޝަން ފޯމު މިޑިޕާޓްމަންޓުގެ ކައުންޓަރުންނާއި ވެބްސައިޓް www.dpe.edu.mv  އިން ލިބޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މިޑިޕާޓްމަންޓުގެ ފޯނު ނަމްބަރު 4003999  އަށް ގުޅުން އެދެމެވެ.  

         14 ޖުމާދަލްއާޚިރާ 1442

         27  ޖެނުއަރީ   2021     

27 ޖަނަވަރީ 2021
ހޯދާ