ކުރިނބީ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސެކިޔުރިޓީ ބަލަހައްޓަދޭނެ ފަރާތެއް ހޯދުން
2021 ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިބީލަމަށް ހުޅުވާލެވިފައިވަނީ ޤާނޫނު ނަމްބަރ 2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރ 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 ޖަނަވަރީ 26 އިން ފެށިގެން 2021 ޖަނަވަރީ 28 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 14:00 އަށް މިސްކޫލަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ޖަނަވަރީ 28 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021 ޖަނަވަރީ 31 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
- ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2021 ފެބުރުވަރީ 3 ވާ ބުދަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކުރިނބީ ސްކޫލް
ހދ. ކުރިނބި
ފޯނު: 6520532
އީ-މެއިލް: [email protected]
26 ޖަނަވަރީ 2021
ހޯދާ