ދިވެހިރާއްޖެ
މުންޑޫ ކައުންސިލްގެ އިދާރާގެ ގޯތީގައި ކުރިން ބަހައްޓާފައިވާ 2500 ލީޓަރުގެ 2 ހަމާއި، 750 ލީޓަރުގެ 01 ހަން ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. މި ހަންތަކަކީ ކޮންމެވެސް މިންވަރެއްގެ ގެއްލުމެއް ލިބިފައިވާ އަދި ކުރިން ބޭނުންކޮށްފައިވާ 2500 ލީޓަރުގެ ދެ ހަމާއި އަދި ގެއްލުމެއް ލިބިގެން ފެންލީކްވާ 750 ލީޓަރުގެ 01 ހަމެވެ. 2500 ލީޓަރުގެ ދެ ހަމަކީ ފެން ރައްކާ ކުރުމަށް ކުރިން ބޭނުންކޮށްފައިވާ ދެ ހަމައްވާތީ ފެންބޭނުން ކުރުމަށް ބޭނުންވާ ހޮޅިތައް ގުޅުމަށް ހޯލް ހަދާފައިވާ އަދި ހަމުގެ މަތިގަނޑުވެސް ނެތް ހަންތަކެކެއެވެ. އެހެންކަމުން ތިރީގައި އެވާ އުސޫލުން ދެންނެވުން ތިން ހަން ސިޓީލާ ވިއްކާލުމަށް މިކައުންސިލުން ބޭނުންވެއެވެ.
- 750 ލީޓަރުގެ 01 ހަން ފެށޭއަގު 800 (އަށްސަތޭކަ ރުފިޔާ)
- 2500 ލީޓަރުގެ 01 ފެށޭއަގު 1000 (އެއްހާސް ރުފިޔާ)
- 2500 ލީޓރުގެ 01 ފެށޭއަގު 1000 (އެއްހާސް ރުފިޔާ)
މިދެންނެވި 3 ހަން ސީޓީލައި ނީލަމުގައި ވއްކާލުމަށް ކަނޑައެޅިފައިވާ އިޢުލާންގެ މުއްދަތަކީ 25 ޖެނުވަރީ 2021 އިން 02 ފެބްރުއަރީ 2021 ވީ އަންގާރަ ދުވަހުގެ 13:30ގެ ނިޔަލަށެއެވެ. އަދި މިހަންތައް ގަތުމަށް އެދި ސިޓީ ހުށަހަޅުއްވާ ފަރާތްތަކުން ސިޓީ ހުށަހަޅުއްވާއިރު މި އިޢުލާންއިން ހަންތަކަށް ދީފައި އެވާ ތަރުތީބް ނަންބަރުން އަގު ޖައްސަވާ ހުށަހެޅުއްވުން އެދެމެއެވެ.
މި ނީލަމުގައި އެވާ ހަންތައް ގަތުމަށް އެދި ސިޓީ ހުށަހަޅާނީ މުންޑޫ ކައުންސިލްގެ އިދާރާއަށެވެ. ސިޓީ މެއިލްކުރައްވާނަމަ ކުރައްވާނީ [email protected] އަށެވެ. އަދި މި ނީލަމަށް ހުށަހެޅޭ އެންމެ މަތީ އަގު މި އިޢުލާންގެ މުއްދަތުތެރޭގައި ރަސްމީ ކޮންމެ ދުވަހެއްގެ 14:00ގައި އެދުވަހެއްގައި ހުށަހެޅިފައިވާ އެންމެ މަތީ އަގު މި އިދާރާގެ ނޯޓިސް ބޯޑްގައި އަދި ކައުންސިލްގެ ފޭސްބުކް ޕޭޖްއިން ފެންނާނެއެވެ.
އެހެންކަމުން މަތީގައި ބަޔާންކޮށްފައިވާ އެވާ 3 (ތިނެއް) ހަން ސީޓީލާ ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވާތީ. އަދި މި ދެންނެވި ހަންތަކުގެ ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ހަންތައް ބައްލަވާ ލައްވަން ބޭނުންފުޅުވާނަމަ މަތީގައި އެވާ ދުވަސްތަކުގެ ރަސްމީ ގަޑިގައި މި އިދާރާއަށް ވަޑައިގެން ހަންތައް ބައްލަވާލުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެއެވެ.