ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ނޫސް ބަޔާން

                                          ނަންބަރ: VAM/IL/2021/7001

 

 

 

ނޫސްބަޔާން

 

 

31 އޮކްޓޯބަރ 2019 ވަނަ ދުވަހު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ މެންބަރު ކުލަބުތަކުން އިސްވެ ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވަނީ ވީ.އޭ.އެމްގެ ރައީސް މުޙައްމަދު ލަތީފްގެ އިތުބާރު ނެއްކަމުގެ ވޯޓެއް ނަގައި ހާސިރުވެ ތިއްބެވި ފުރިހަމަ މެންބަރުންގެ އިއްތިފާގުން ފާސްކޮއްފައެވެ. އަދި މިކޮންގްރެސްގައި ފުރިހަމަ މެންބަރު ކުލަބުތަކުން ވަނީ އިންތިހާބު ބޭއްވެންދެން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށާއި ވޯލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށް މިކޮމީޓާއި ހަވާލުކުރެވިފައެވެ. މިކޮމިޓީ އަކީ ސައްޙަ ކޮމިޓީއެއް ކަމަށް ކޮމިޝަނަރ އޮފް ސްޕޯރޓްސް ވަނީ ބަލައިގެންފައެވެ.  

އަދި ދަންނަވަމެވެ. މީގެ އިތުރުންވެސް 01 އޮކްޓޯބަރ 2020 ވަނަ ދުވަހަށް މުޙައްމަދު  ލަތީފްގެ ދައުރު ވަނީ ހަމަވެފައެވެ. އެހެންކަމުން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މައްޗަށް ބަސްބުނެ ވާހަކަ ދެއްކުމުގެ އެއްވެސް ހައްގެއް މިވަގުތު މުޙައްމަދު ލަތީފްއަށް ލިބިގެންނުވެއެވެ. އަދި އެންމެން ގުޅިގެން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބު ބޭއްވުމަށް ގޮވާލައިފައިވަނީ މަކަރުވެރި ހީލަތްތެރި ރޭވުމެއްގެ ދަށުންކަމަށާއި އަދި އިންތިހާބު ލަސްކުރެވެން ހުރި ހުރިހާ ކަމެއް މުޙައްމަދު ލަތީފް ދަނީ ކުރަމުންނެވެ. ވޮލީބޯޅަ ރަނގަޅު ކުރުމުގެ ނަމުގައި ކަމަށް ބުނެ މިވަގުތު މުޙައްމަދު ލަތީފް، އެކި މީޑިއާ ތަކުގައި ވޮލީބޯޅަ އާއިލާ އާއި ސަރުކާރާއި ޖެހޭގޮތަށް ހަގީގަތާއި ހިލާފު ދޮގު ވާހަކަ ދައްކަމުން ގެންދާކަމީ މިކޮމިޓީ އިން ނުހަނު ހިތާމަ ކުރާކަމެކެވެ. އަމިއްލަ ސިޔާސީ މަގުސަދު ހާސިލްކުރުމަށްޓަކައި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނަން ކިލަބުވާ ގޮތައް އަދި ފިތުނަފަސާދަ އުފެދޭގޮތަށް ވާހަކަ ނުދެއްކުމަށް މުޙައްމަދު ލަތީފް އަށް ނަސޭހަތްތެރިވަމެވެ.

                                     

 

ނޯމަލައިޒޭޝަން ކޮމިޓީ

                                                             

25 ޖަނަވަރީ 2021
ހޯދާ