މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް

އިޢުލާނު

 

މަޤާމު:

ޑިރެކްޓަރ ޖެނެރަލް

މަޤާމުގެ ނަންބަރު:

J-296618

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އީ. އެކްސް. 5

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑިރެކްޓަރ ޖެނެރަލް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ކ.މާލެ

ސެކްޝަން:

ހިއުމަން ރިސޯސް ޑިވިޜަން

މުސާރަ:

13890.00

ސަރވިސް އެލަވަންސް:

2000.00

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  2. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް.
  4. ސަޕޯޓިންގ ކޯ އެލަވަންސް ގޮތުގައި މަހަކު 1500.00 ނުވަތަ ޓެކްނިކަލް ކޯ އެލަވަންސް ހަމަޖެހިއްޖެނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28 ލިބޭނެ (ޓެކްނިކަލް ކޯ އެލަވަންސްގެ ކޯ ޑިސިޕްލިންއަކީ ހިއުމަން ރިސޯސް މެނޭޖްމަންޓް )

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ހިއުމަން ރިސޯސް ޑިވިޜަންގެ މުވައްޒަފުންނާބެހޭ އެންމެހައި ކަންކަން ކަމާގުޅޭ ޤާނޫނުތަކާއި، ސިވިލް ސަރވިސް ކޮމިޝަންގެ ގަވާއިދުތަކާ އެއްގޮތަށް ހިންގުން.
  2. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ހިއުމަން ރިސޯސް ޑިވިޜަންގެ މަސްއޫލިއްޔަތުތައް ޑިވިޝަން ނުވަތަ ޔުނިޓް ލެވެލްއަށް ބައްސަވައި ޑިވިޜަންގެ މެންޑޭޓްގައި ހިމެނޭ މަސްއޫލިއްޔަތުތައް މުވައްޒަފުންނާ ހަވާލުކޮށް، މުވައްޒަފުންގެ މަސައްކަތް ދުވަހުން ދުވަހަށް މޮނިޓަރކޮށް ޑިވިޜަންގެ މަސްއޫލިއްޔަތުތައް ރަނގަޅަށް އަދާކުރެވެމުންދާކަން ޔަގީންކުރުން. އަދި ޑިވިޝަންގެ މަސްއޫލިއްޔަތުތައް މުވައްޒަފުންނާ ހަވާކުރެވިފައިވާގޮތް ރިވިއުކޮށް ގެންނަންޖެހޭ އިޞްލާޙު ގެނައުން.
  3. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސެކްޝަންތަކާއި ދާއިރާގެ އެކިއެކި މަޤާމުތަކަށް އައްޔަން ކުރަންޖެހޭ މަޤާމުތަކުގެ ލިސްޓު ރިވިއުކޮށް، އެ މަޤާމަތަކަށް މީހުން ޢައްޔަންކުރުން. ޚާއްޞަކޮށް ރާއްޖެއިން ބޭރުން ހޯދަންޖެހޭ ޓީޗަރުން ފަދަ މަޤާމުތަކަށް ހިނގަމުންދާ އަހަރު ނިމުމުގެ ކުރިން، ކުރިއަށް އޮތް އަހަރަށް ބޭނުންވާ މަޤާމްތަކަށް މުވައްޒަފުން ހަމަޖައްސައި އަލަށް ހަމަޖެހުނު މުވައްޒަފުންގެ ލިސްޓް ސްކޫލުތަކަށް ފޮނުވުން.
  4. ކޮންމެ އަހަރެއްގެވެސް މާރިޗު މަސް ނިމުމުގެ ކުރިން ދާއިރާގެ އެކިއެކި މަޤާމުތަކުގައި ތިބި މުވައްޒަފުންނަށް އިތުރަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު އޮޅުންފިލުވައި ރިޕޯޓެއް ތައްޔާރުކޮށް އެ މުވައްޒަފުންނަށް ތަމްރީން ދެވޭނެގޮތް ހަމަޖެއްސުން.
  5. ދާއިރާގެ މުވައްޒަފުންގެ ތެރެއިން ޕެއިޑް ލީވްގެ ގޮތުގައާއި ލޯނު ސްކީމްގެ ދަށުންނާއި، ސްކޯލަރޝިޕްގެ ދަށުން ކިޔަވާކުދިންގެ ލިސްޓު ކޮންމެ ތިންމަހަކުން އަޕްޑޭޓްކޮށް، ކޯސް ނިމެން ތިން މަހަށް ވެފައިވާ ކުދިން ދެނެގަނެ އެ ކުދިން ވަޒީފާއަށް ނުކުންނާނެ ތާރީޚު ޔަގީންކޮށް، އެ ކުދިން ވަޒީފާއަށް ނުކުންނަން ހަމަޖެހިފައިވާ ތަނަކަށް އެންގުން.
  6. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސެކްޝަންތަކާއި ޑިޕާޓްމަންޓުތަކާއި މަރުކަޒުތަކުގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތް ސިވިލް ސަރވިސް ކޮމިޝަންގެ ގަވާއިދުގައިވާ ގޮތުގެމަތިން ކުރިއަށް ގެންދިޔުމާއި އަދި މުވައްޒަފުންގެ ފެންވަރު ބެލުމުގެ ރިޕޯޓުތައް ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވައި ރައްކާތެރިކަމާއެކު ބެލެހެއްޓެމުންދާކަން ޔަގީންކުރުން.
  7. ވަޒީފާ ދެއްވާ ޗިޓުތަކާއި ވަޒީފާއިން ވަކިކުރާ ޗިޓުތައް އަދި މުވައްޒަފުންގެ ރިކޯޑުތައް ބަރާބަރަށް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖައްސަވައި، އެ ރިކޯޑްތައް ބެލެހެއްޓެމުންދާކަން ކަށަވަރުކުރުން.
  8. އަލަށް އަންނަ ބިދޭސީ މުވައްޒަފުން އެއަރޕޯޓުން ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި އަލަށް އަންނަ، އަދި ފުރާ ބިދޭސީ މުވައްޒަފުންނަށް ދޭންޖެހޭ އެކޮމަޑޭޝަން އެންމެ ޚަރަދު ކުޑަގޮތަކަށް (އެކޮމަޑޭޝަންގައި ތިބެންޖެހޭ މުއްދަތު އެންމެކުރު ވާނެހެން)، ހަމަޖައްސައި ރިކޯޑް ބެލެހެއްޓެމުންދާކަން ޔަގީންކުރުން.
  9. ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮމިޓީއަށް ހުށަހެޅޭ ވަޒީފާއާގުޅޭ މައްސަލަތަކަށް ކޮމިޓީން ނިންމާ ނިންމުމާ އެއްގޮތަށް ކުރިއަށް ގެންދިޔުމުގެ އިންތިޒާމު ހަމަޖެއްސުން.
  10. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދޭ ވަޒީފާއާބެހޭ ޚިދުމަތްތަކަށް އެދޭ ފަރާތްތަކަށް، ވީހާވެސް ޚަރަދު ކުޑަ، ލުއި ފަސޭހަގޮތަކަށް، އަވަސް ޚިދުމަތްދެވޭނެ ގޮތްތައް ހޯދައި، ތަރައްޤީކޮށް، ކަމަށް ބޭނުންވާނެ ގައިޑްލައިންތަކާއި، ޕްރޮސީޖަރތަކާއި، އުސޫލުތައް އެކުލަވައިލައި، ޢަމަލުކުރަމުން ގެންދިޔުން.
  11. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ހިއުމަން ރިސޯސް ޑިވިޜަންގައި ބޭނުންކުރާ މުދަލާއި ފައިސާއާއި އެނޫންވެސް ވަސީލަތްތައް ބޭނުން ކުރެވެމުންދަނީ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްކަން ކަށަވަރުކޮށް، އެކަމާގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިޔުން.
  12. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ހިއުމަން ރިސޯސް ޑިވިޜަންގެ އެންމެހައި ކަންކަން ތަރައްޤީކުރުމަށް މަސައްކަތްކުރުމާއެކު ކުރިއަށް ދިޔުމަށް މުވައްޒަފުންނަށް މަގުދައްކައި އެހީތެރިވެދިނުން.
  13. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ހިއުމަން ރިސޯސް ޑިވިޜަންގެ މަސައްކަތާ ގުޅޭގޮތުން ޖަވާބުދާރީވާން ޖެހޭ އެންމެހައި ފަރާތްތަކަށް ޖަވާބުދާރީވުން.
  14. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ހިއުމަން ރިސޯސް ޑިވިޜަންގެ އަހަރު ރިޕޯޓު ކޮންމެ އަހަރެއް ނިމުމުން ތައްޔާރުކުރަން ހަމަޖެހިފައި އޮންނަ އުސޫލާ އެއްގޮތަށް ތައްޔާރުކޮށް، ހުށަހަޅަން ކަނޑައެޅިފައިވާ ފަރާތަކަށް ހުށަހެޅުން.
  15. މުވައްޒަފުންގެ ފަންނީ ކުރިއެރުމާއި ތަރައްޤީއާ ގުޅުންހުރި ތަޢުލީމީ ސިޔާސަތުތައް އެކުލަވާލުމުގައި މަސައްކަތްތައް ރާވައި، ހިންގައި އެކަންކަމާއި ގުޅޭގޮތުން މިނިސްޓަރަށް ލަފާ އެރުވުން.
  16. ދާއިރާގެ ސްޓްރެޓީޖިކް ޕްލޭނާއި އެކްޝަން ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުމާއި، އެއަށް ބަލައި، ދާއިރާގެ ޓްރެއިނިންގ ރިކުއަރމަންޓާއި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްލޭން ތައްޔާރުކުރުމާއި އެއާ ގުޅުން ހުރ ސިޔާސަތުތައް ލިޔެ، ތައްޔާރު ކޮށް މިނިސްޓަރަށް ލަފާ އެރުވުން.
  17. ތަޢުލީމީ ދާއިރާގެ ދިގު މުއްދަތުގެ މަޝްރޫޢުތަކާއި ކުރު މުއްދަތުގެ މަޝްރޫޢުތައް އެކުލަވާލުމުގެ މަސައްކަތުގައި ބައިވެރިވެ އެހީތެރިވެދިނުމާއި، ތަޢުލީމީ ދާއިރާގެ ދިގު މުއްދަތުގެ މަޝްރޫޢޫތަކުގެ ތެރެއިން މަސައްކަތުގެ ދާއިރާގެ ކަންކަން ހިންގައި ތަންފީޒުކުރުން.
  18. ތަޢުލީމީ ދާއިރާގައި ހިންގާ އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ ދާއިރާގެ މަޝްރޫޢުތައް ރާވައި ހިންގުން.

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި  މަދުވެގެން 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ 

2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 އިން ފެށިގެން މަތީ ސަނަދެއް ޙާޞިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

ބިޒްނަސް އެޑްމިނިސްޓްރޭޓަން، ބިޒްނަސް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް،

ޕަބްލިކް އެޑްމިނިސްޓްރޭޝަން، އެޑިއުކޭޝަން މެނޭޖްމަންޓް

ޕްރިފަރޑް ޑިސިޕްލިން : ނެތް

މަޤާމަށް ކޯ ޑިސިޕްލިން

 ހިއުމަން ރިސޯސް މެނޭޖްމަންޓް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ހިއުމަން ރިސޯސް މެނޭޖްމަންޓް

ނޯޓް: ކޯ ޑިސިޕްލިން ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާ ނަމަ، އެ ފަރާތަކަށްކްރައިޓީރިއާ ގައި ކޯ/ޕްރިފަރޑް ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި (http://www.csc.gov.mv/download/2249) ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލްކޮށްފައިވާ ތައުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 03  ފެބްރުއަރީ 2021 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ވެލާނާގެ 8 ވަނަ ފަންގިފިލާ ކައުންޓަރ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަންފޯމާއިއެކުހުރިހާޑޮކިއުމަންޓެއްއެއްފައިލްއަކަށްޕީ.ޑީ.އެފްކުރުމަށްފަހު، އީމެއިލްކުރެއްވުމަށްދަންނަވަމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު  އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނެ ތަން އިޢުލާނަށް މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަސްތެރޭ އަންގާނެއެވެ. އަދި މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަރވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

މި މަޤާމަށް ޝަރުޠު ފުރިހަމަވެ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވަން ޖެހޭނެއެވެ. އިންޓަރވިއުއާއި ޕްރެޒެންޓޭޝަން މަޢުލޫމާތު ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާ ވަކިން ޙިއްސާކުރެވޭނެއެވެ.

މި މަޤާމަށް ޝަރުޠު ފުރިހަމަވެ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އިމްތިހާން އޮންނާނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3341418 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

                                  12 ޖުމާދަލްއާޚިރާ 1442 

                                  25  ޖެނުއަރީ   2021

 

 

25 ޖަނަވަރީ 2021
ހޯދާ