މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓޫ.ޓީ އިންޖީން އަދި އައިލެންޑްޕިކަޕް ނީލަންކިޔުން

އިޢުލާން.

ޓޫ.ޓީއިންޖީން އަދި އައިލެންޑްޕިކަޕް ނީލަންކިޔުން:

ސުރުހީގައި ދެންނެވިފައިވާ މި ކައުންސިލްގައިހުރި ތިރީގައިވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ހަމަޖެހިފައިވާތީ މި ނީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން ރަސްމީ ކޮންމެ ދުވަހެއްގެ 13:00 ގެ ކުރިން ތިރީގައިވާ މަޢްލޫމާތާއި އެކު ހުށަހެޅުންއެދެމެވެ. އަދި [email protected] މި އީމެއިލުންވެސް ހުށަހެޅޭނެ ކަމުގައި ދަންނަވަމެވެ. މިތަކެތި ގަތުމަށް ހުށަހަޅާ އަގަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގަކީ -/1000 (އެއްހާސް) ރުފިޔާއެވެ. ހުށަހަޅާއެންމެ މަތީ އަގު ރަސްމީކޮންމެ ދުވަހެއްގެ އޮފީސްބަންދުވުމުގެ ކުރިން ނޯޓިސްބޯޑުގައި އާއްމުކުރެވޭނެއެވެ. މިނީލަމުގައި އެ އެއްޗެއްގެ އަގު (އެކަށީގެންވާ އަގެއްގައި) ވިދިވިދިގެން 03 ދުވަހު އޮވެއްޖެނަމަ އެ ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. އައިލެންޑް ޕިކަޕްގެ ހުރިހާ ފީ ތަކުގެ މުއްދަތު 2019 ގެ ނިޔަލަށް ހަމަވެފައިވާތީ އެކަމުގެ ޒިންމާ ނަންގަވަން ޖެހޭނީ ޕިކަޕް ގަންނަފަރާތުން ކަމުގައި މަޢްލޫމާތަށްޓަކައި ދެންނެވީމެވެ.

މި ތަކެއްޗާއިބެހޭ އިތުރުމަޢްލޫމާތު ސާފުކުރަން ބޭނުންނަމަ ރަސްމީ ކޮންމެ ދުވަހެއްގެ 08:30 އާއި 11:00 އާއި ދެމެދު މި ކައުންސިލަށް ވަޑައިގެންނާއި 7775791 ނަންބަރު ފޯނާއި ގުޅުއްވައިގެން މަޢްލޫމާތު ސާފުކުރެއްވޭނެއެވެ.

ނީލަމުގައި ވިއްކާތަކެއްޗާއި ފެށޭއަގު:

  1. ޓޫޓީ އިންޖީން މޯޓަރާއި އެކު (ކަރަންޓް ނަގާގޮތަށް ހަދާފަ) ފެށޭއަގު: 10000.00(ދިހަހާސް) ރުފިޔާ.
  2. އިންޖީންލީ އައިލެންޑްޕިކަޕް (1.5 ޓަނުގެ)           ފެށޭއަގު: 10000.00(ދިހަހާސް) ރުފިޔާ.

ހުށަހެޅުމުގައި ހުންނަން ޖެހޭމަޢްލޫމާތު (ހުށަހަޅާފަރާތުގެ):

  1. ނަން:
  2. އެޑްރެސް،ރަށާއިއެކު:
  3. ސޮއި:
  4. ފޯނުނަންބަރު:
  5. އީމެއިލް އެޑްރެސް: (އީމެއިލް ބޭނުންކުރާނަމަ)
  6. އަގު: (ކޮންމެ އެއްޗެއްގެއަގު ވަކިން އެނގޭގޮތަށް)

                                  11 ޖިމާދަލްއާޚީރާ 1442

                                   24 ޖެނުއަރީ    2021

25 ޖަނަވަރީ 2021
ހޯދާ