މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޓިއުޝަން ކްލާސްތަކާއި ޤުރުއާން ކްލާސްތައް ހުޅުވުމާ ގުޅޭ

އިޢުލާން

ޓިއުޝަން ކްލާސްތަކާއި ޤުރުއާން ކްލާސްތައް ހުޅުވުމާ ގުޅޭ

ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް، ޓިއުޝަން ކުލާސްތަކާއި ޤުރުއާން ކްލާސްތައް ހުޅުވައި ހިންގުމުގެ ހުއްދަ އެ އޭޖެންސީއިން ދެއްވާފައިވާތީ، މި މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގާ ޓިއުޝަން ކުލާސްތަކާއި ޤުރުއާން ކްލާސްތައް މިއަދުން ފެށިގެން ހުޅުވައިގެން ޚިދުމަތް ދިނުން އެންމެ ރަނގަޅު ކަމުގައި ދަންނަވަމެވެ. އަދި މިތަންތަން ހިންގަންވާނީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އެކުލަވާލާފައިވާ އެންމެހާ އުސޫލުތަކާއި މިންގަނޑުތަކަށް ފެތޭގޮތަށް، ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ކަމުގައިވެސް ދަންނަވަމެވެ. ކޯވިޑް-19 އާއި ގުޅިގެން ކިޔަވައިދޭ ތަންތާގައި އަމަލު ކުރަންވީ ގޮތުގެ އުޞޫލުތައް މި މިނިސްޓްރީގެ ވެބްސައިޓް www.moe.gov.mv ގައި ޝާއިޢު ކުރެވިފައިވާނެ އެވެ.

             11 ޖުމާދަލްއާޚިރާ 1442

             24 ޖަނަވަރީ    2021

 

24 ޖަނަވަރީ 2021
ހޯދާ