ދިވެހިރާއްޖެ
ފުޓްބޯޅަ އެސޯސިއޭސަން އޮފް މޯލްޑިވްސް
މާލެ
ދިވެހިރާއްޖެ
ނަންބަރު:FAM/IUL/2021/002
އިއުލާން
30ޖެނުއަރީ 2021 ވަނަ ދުވަހު މެޗް ކޮމިޝަނަރުން ތަމްރީން ކުރާ ސެމިނަރއެއް މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ފެންވަރު ނުވަތަ ޝަރުތު:
1- ދިވައްސަކަށް ވުން.
2- ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހެއް ކަމުގައި ވުން.
3- ފުޓްބޯޅައަށް ޝައުގުވެރިކަން ހުންނަ މީހަކަށް ވުން.
4- އިނގިރޭސި ބަހުން ރަގަޅަށް ވާހަކަ ދައްކަން އިގުން (ގްރޭޑް އަށެއް (8) ފާސްވެފައި ވުން).
ވީމާ، މިކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ އަންހެން އަދި ފިރިހެން ބޭފުޅުން ބައިވެރިވާން އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 28 ޖެނުއަރީ 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަނަށް ހުށައެޅުއްވުން އެދެމެވެ. ދެންނެވުނު ސެމިނަރގައި ބައިވެރިވާން އެދޭ ފޯމް ގެޒެޓްއިންނާއި މިއެސޯސިއޭޝަންގެ ކައުންޓަރުން ރަސްމީ ގަޑީގައި (ހެނދުނު 09:00 އިން ހަވީރު 15:00) ލިބެން ހުންނާނެއެވެ.
24 ޖެނުއަރީ 2021