މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭގެ އަމީނީ މަގުގެ ދެކުނުގައިވާ މަގުތަކާއި ގޯޅިތަކުގައިވާ ޕާކިން ޒޯން ކުއްޔަށް ދޫކުރުމާ ބެހޭ

             މާލެސިޓީގެ އަމީނީ މަގުގެ ދެކުނުގައިވާ މަގުތަކާއި ގޯޅިތަކުގައި ހުންނަ ހުސްޖާގަތައް އަގުނަގައިގެން ހަތަރު ފުރޮޅުލީ ވެހިކަލްތައް ޕާރކުކުރުމަށް ދޫކުރުމަށް ހަމަޖެހިފައިވުމާއިއެކު، އަމީނީ މަގުގެ ދެކުނުން، އިއްޒުއްދީން މަގާއި ދޮންއަދަރާދަ ހިނގުމާއި ދެމެދުގައިވާ މަގުތަކާއި ގޯޅިތަކުގެ ޕާކިންގ ޒޯންގަ ފީދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރުމަށް  އެދި ހުށަހެޅުމުގެ ފުރުޞަތު 31 ޖެނުއަރީ 2021 ވަނަ ދުވަހު މެންދުރު 13:00 ން ފެށިގެން ހުޅުވާލާނެއެވެ. މި ޒޯނުން  292   ޕާކިން ސްލޮޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މަހަކު -/1500 ރުފިޔާއަށެވެ. މިޒޯނުން ޖާގަ ދެވޭނީ ކާރަށާއި 350 ކިލޯއަށް ވުރެ މަތިނޫން ޕިކަޕަށެވެ. މި ޒޯނުތަކަށް އެދޭނީ މިކައުންސިލްގެ ވެބްސައިޓް  www.malecity.gov.mv ގައިވާ މިކަމަށް ޚާއްސަކޮށް ޤާއިމްކޮށްފައިވާ "ޕާރކިންގ" ޕޯޓަލް މެދުވެރިކޮށެވެ.    

             އެޕޯޓަލުން ޕާރކިންގ ޒޯންގެ ޖާގައަށް އެދޭފަރާތްތައް ފުރަންޖެހޭ މަޢުލޫމާތާއި ހުށަހަޅަންޖެހޭ ލިޔުންތައް އަދި އަމަލު ކުރަންޖޭހޭ ގޮތް މިޕޯޓަލްގައިވާ ޕާރކިންގ އުސޫލުން އެނގެން އޮންނާނެއެވެ. އަދި މަޣުލޫމާތު ފުރިހަމަކޮށް ހުށަހަޅާ ފަރާތްތަކަށް ޖާގަހުސްވަންދެން ޖާގަ ކަށަވަރުވަމުންދާނެއެވެ. ޕާރކިންގ އުސޫލާއި ޚިލާފަށް ހުށަހަޅާފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްވާނެއެވެ.

             މާލެ ސިޓީ ކައުންސިލުން ދޫކުރަން ހަމަޖެހިފައިވާ ޕާކިންގ ޒޯންގެ ޖާގަތަކާއި ހުސްވަމުންދާ ޖާގަތައް ކައުންސިލްގެ ވެބަސްއިޓްގައިވާ ޕޯޓަލުން ފެންނަން ހުންނާނެއެވެ. ޖާގަތައް ޕޯޓަލަށް އަޕްލޯޑުވަމުންދާ ވަރަކަށް، ޖާގަތައް ހޯދަން ބޭނުންވާ ފަރާތްތަކުން ޕޯޓަލް މެދުވެރިކޮށް ޖާގަތަކަށް ހުށަހެޅޭނެއެވެ.   

             ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

 

                                 11 ޖުމާދަލްއާޚިރާ  1442

24 ޖަނަވަރީ 2021
ހޯދާ