ދިވެހިރާއްޖެ
މަސައްކަތް
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
އިސްލާޙުކޮށްފައި
ނަމްބަރ: IUL)25-A4/25/2021/6)
އިންޓީރިއަރ ޑިޒައިން ކޮށްދެއްވާނެ ފަރާތެއް ހޯދުން
އަންދާސީހިސާބު ބޭނުންވެއްޖެ
މި މިނިސްޓްރީގެ ޢިމާރާތުގެ އިންޓީރިއާ ޑިޒައިން ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެވެގެން ކުރެވުނު އިޢުލާން ނަމްބަރ: (IUL)25-A4/2/2021/4 (5 ޖެނުއަރީ 2021 ) އިޢުލާނާގުޅިގެން އެކަށީގެންވާ ރަނގަޅު ހުށަހެޅުމެއް ލިބިފައިނުވާތީ، މި މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި މިނިސްޓްރީންދެއްވާ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 25 ޖެނުއަރީ 2021 ވަނަ ދުވަހުގެ 14:00 އަށް މިނިސްޓްރީއަށް ވަޑައިގެން ނަންނޯޓްކުރައްވައި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2 ފެބުރުއަރީ 2021 ވަނަ ދުވަހުގެ 14:00 އަށް މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީއަށް ވަޑައިގެން ނަންނޯޓްކުރައްވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3323400 ނަންބަރު ފޯނާއެވެ.
20 ޖެނުއަރީ 2020