އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
މަސައްކަތު މީހުން - ހދ. ހަނިމާދޫ

ވަޒީފާގެ ފުރުސަތު

ނަންބަރު:IUMH-AD/I/2021/06

މަޤާމު:

މަސައްކަތު މީހުން

 ބޭނުންވާ ޢަދަދު : 1

މުސާރަޔާއި އިނާޔަތްތައް:

  • އަސާސީ މުސާރަ : 4000.00
  • ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް: ދުވާލަކަށް 50.00 ރުފިޔާ
  • ސަރވިސް އެލަވަންސް: މަހަކަށް 1200.00 ރުފިޔާ
  • ފޯނު އެލަވަންސް: މަހަކަށް 100.00 ރުފިޔާ
  • އިތުރު ގަޑީގައި މަސައްކަތް ކުރާކަމުގައިވާނަމަ ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

އައި.ޔޫ.އެމް ލަރނިންގ ސެންޓަރ – ހދ. ހަނިމާދޫ

މަޤާމުގެ ޝަރްޠުތައް:

  1. ލިޔަންކިޔަން އެގުން. (އިންޓަރވިއު ކުރާއިރު މިބައި ޓެސްޓު ކުރެވޭނެއެވެ.)
  2. ހީވާގި މުރާލިކަމާއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކަށްވުން
  3. ނަޒާހަތްތެރި ރަގަޅު އަޚްލާގެއްގެވެރި މީހަކަށްވުން

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކެމްޕަހުގެ އޮފީސްބައި ކޮންމެ ދުވަހަކު ފޮޅާސާފުކުރުން.
  2. މުޅި ކެމްޕަސް ހިމެނޭ ސަރަހައްދު އެތެރެ ކުނިކަހައި ސާފުކުރުން
  3. ކޮންމެ ދުވަހަކު އޮފީހުގެ މޭޒުތަކާއި ގޮޑިތަކާއި ކަބަޑުތަކާއި ކުޑަދޮރުތައް ފޮހެ ސާފުކޮށް ބެލެހެއްޓުން.
  4. ކޮންމެ ދުވަހަކު ސްޓާފުންގެ ފާޚާނާއާއި ދަރިވަރުންގެ ފާޚާނާތައް ދޮވެ ސާފުކޮށް ބެލެހެއްޓުން.
  5. ކޮންމެ ދުވަހަކު ކެމްޕަހުގެ ކްލާސްރޫމްތަކާއި ސެމިނަރ ރޫމް އާއި މީޓިންގ ރޫމް ފޮޅާ ސާފުކޮށް ބެލެހެއްޓުން. (މޮޕްލާން ޖެހޭ ތަންތަނުގައި ކޮންމެ ދުވަހަކު މޮޕުލައި ސާފުކުރުން.)
  6. އޮފީހުން އިންތިޒާމްކުރާ އެކިއެކި މީޓިންގތަކަށް ސައި ތައްޔާރުކުރުން.
  7. ކެމްޕަހުން ހިންގާ އެކިއެކި ޙަރަކާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  8. ކޮންމެ ދުވަހަކު އޮފީހުގެ ގޯތިތެރެ ކުނިކަހާ ސާފުކުރުމާއި ގަސްތައް ބެލެހެއްޓުން.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

މިމަގާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.

  • ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވައިޓޭ)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ

ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް

  • ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މިވާ ލިންކް ބޭނުންކޮށްގެންނެވެ.
  • bit.ly/cleaner-hanimadhoo_IUMH
  • އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.

އިއުލާނުގެ މުއްދަތު ހަމަވާ ތާރީޚް:

  • 01 ފެބްރުއަރީ 2021 ވަނަ ދުވަހުގެ 23:59 އަށް

އިތުރު މައުލޫމާތު:

  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  •  މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، މަގާމަށް އެކަށީގެންނުވާނަމަ، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
  • މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން ހެނދުނު 09:00 އާއި މެންދުރު 14:00 އާއި ދެމެދު 3022161 އަށް ގުޅުއްވުން އެދެމެވެ.

 

21 ޖަނަވަރީ 2021
ހޯދާ