ހަންޏާމީދޫ ސްކޫލް، އދ. ހަންޏާމީދޫ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - އެޑްމިނިސްޓްރޭޓިވް އޮފިސަރ

މިސްކޫލްގެ އިޢުލާން ނަންބަރު GS153/IUL/2020/10 ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

އިޢުލާނު 

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-119247

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ވަގުތީ

މަޤާމުގެ ރޭންކު:

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހަންޏާމީދޫ ސްކޫލް ، އދ ހަންޏާމިދޫ

މުސާރަ:

4465/-

ސަރވިސް އެލަވަންސް:

1500/-

އެހެނިހެން އެލަވަންސް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖެގެ ޕެންޝަނާބެހޭ ޤާނޫންގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

4- ކޯ އެލަވަންސް -2 -/700.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ސްކޫލްއަށް ހޯދާފައި ހުންނަ ހަރުމުދަލާއި ހިފާގެންގުޅޭ ތަކެތި ސްކޫލްގެ ބޭނުމަށާއި ކުއްޔަށް ގެންދާ ފަރާތްތަކަށް ލިޔެކިޔުން މެދުވެރިކޮށްގެން ދޫކޮށް އަނބުރާ ހޯދައި އެތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން. (ސްކޫލްގެ އިމާރާތްތަކާއި، ފަރުނީޗަރާއި، ތައްޓާއި، ފޮއްޗާއި، ހަރުގަނޑާއި، ސައުންޑް ސިސްޓަމް ފަދަތަކެތި ކުއްޔަށް ދޫކުރުމަށް އެއްބަސްވުންތައް އެކުލަވާލުމާއި، ފޮތްތައް ތައްޔާރުކޮށް ފޮތުގައި ލިޔެގެންދޫކުރުން).
  • އިދާރީ އެހެން މުވައްޒަފުން ޙާޟިރުނުވާ ދުވަސްތަކުގައި ދުވަހުން ދުވަހަށް ނިންމަންޖެހޭ މަސައްކަތްތައް ފުރިހަމަކުރުން.
  • ސިޓީ/ މެސެޖް، ބަލައިގަނެ އެންޓަރ ކުރުމާއި، ލިޔުމާއި، ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުމާއި އަދި އެތަންތަނަށް ލިބުނުކަން ކަށަވަރުކޮށް އެކަން އެނގޭގޮތަށް ރެކޯޑް ބަލަހައްޓައި، އެލިޔެކިއުންތައް ދުވަހުން ދުވަހަށް ފައިލްކޮށް ބެލެހެއްޓުން. އަދި އެންޓްރީކުރެވިފައިވާތަކެތީގެ އަސްލާއި ކޮޕީތައް އެހަވާލުކުރައްވަންޖެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ހަވާލުކުރުން.
  • ސްކޫލުން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގަޔާއި، ކޯކަރިކިއުލަރ ހަރަކާތްތަކުގައި ބައިވެރިވުމާއި މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.
  • ގުގަލް ޝީޓްތައް ކަނޑައެޅިފައިވާ ތާރީޚްތަކަށް އަޕްޑޭޓްކުރުން
  • ދަރިވަރުންނާއި ބެލެނިވެރިންގެ ގުޅޭގޮތުން ކުރައްވަންޖެހޭ އެންމެހާ މަސައްކަތްކުރުން
  • ކޮންމެ ޓާރމެއް ނިމުމާއެކު ދަރިވަރުން ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ދަރިވަރުންގެ ޕާރސަނަލް ފައިލް ހެދުން
  • ސްކޫލް އިން ވަކިވާ ދަރިވަރުންނަށް ލީވިން ސެޓްފިކެޓް ދިނުމާއި އެކަމާއި ގުޅޭގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއްކުރުން
  • ސްކޫލްގެ ބެލެނިވެރިންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން
  • ބެލެނިވެރިންގެ ބައްދަލުވުންތަކަށް ދަންނަވާ ނޯޓް ތައްޔާރުކުރުމާއި ބެލެނިވެރިންނަށް އަންގަންޖެހޭ އެންގުންތައް އެނގުން
  • ސްކޫލުން ގެޔަށްފޮނުވޭ ދަރިވަރުންގެ ލިޔެކިޔުންތަކާއި އެދަރިވަރުންގެ ގެޔަށްފޮނުވުމާއި ގުޅޭގޮތުން މަސައްކަތްތައް ކުރުން. އަދި ދަރިވަރުންގެ ކަންކަމާއި ގުޅިގެން ބެލެނިވެރިންނަށް ގުޅަންޖެހިއްޖެ ހާލަތެއްގައި އެކަމެއްކުރުން.
  • ސްކޫލްގެ ސްޓޮކަށް ބޭނުންވާނެ ތަކެއްޗާއި ފޮޅާސާފުކުރުމަށް ބޭނުންވާ ތަކެތި މާލިއްޔަތު ފައިނޭންސް ސެކްޝަނުގެ އެހީތެރިކަމާއެކު ހޯދައި ސްޓޮކް ބެލެހެއްޓުން.
  • ސްކޫލްގެ ކިޔަވާދިނުމާއި އިދާރީ ހިންގުމަށް ބޭނުންވާ ތަކެތި ހުސްވުމުގެ ކުރިން ބޭނުންވާ ތަކެތީގެ ލިސްޓް ބަޖެޓްސެކްޝަނާއިހަވާލުކުރުން
  • އިދާރީ ހިންގުމާއި ކިޔަވައިދިނުމަށް ގެނެވޭ ތަކެތި ދުވަހުން ދުވަހަށް ސްޓޮކް ބާކީގައި ލިޔުން.
  • ދުވަހުން ދުވަހަށް މުވައްޒަފުންނަށް ދޫކުރެވޭ ތަކެތި ސްޓޮކް ބާކީން އުނިކޮށް އެމުވައްޒަފަކު ލައްވާ ސޮއިކުރުވުން.
  • ސްޓޮކް ބާކީ އަބަދުވެސް ސީދާކޮށް ބެހެއްޓުން
  • ދަރިވަރުންގެ ޓެކްސް ފޮތްތަކާއި ގުޅުންހުރި ކަންކަން ރާވައި އިންތިޒާމްކޮށް ހިންގުން.
  • ފައިނަލް ޓާމް ޓެސްޓްތައް ނިމުން ގްރޭޑް ބަދަލުވާ ދަރިވަރުންގެ ޓެކްސްފޮތްތައް ސްކޫލަށް ގެނައުން
  • ހަލާކުވެފައި/ކުރަފައިހުންނަ ފޮތްތަކަށް އަގުނެގުން.
  • އަލަށް ބޭނުންވާ ފޮތުގެ މަޢުލޫމާތު މިނިސްޓްރީއަށް ފޮނުވައި ފޮތްތައް ލިބުމުން ދަރިވަރުންނަށް ފޮތް ދޫކުރުން
  • ފޮތްތަކުގެ ރަޖިސްޓްރީ ކޮންމެ އަހަރަކުވެސް އަޕްޑޭޓްކުރުން
  • އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއިއެކު ބަރާބަރަށް ޢަމަލުކުރުން.
  • ސްކޫލަށް ހޯދޭ ތަކެތީގެ ތެރެއިން އިންވެންޓްރީއަށް އަރުވަންޖެހޭތަކެތި ،ޚަރަދު ކުރުމަށް ހުއްދަ ދިނުމުގެ ކުރިން އިންވެންޓްރީއަށް އެރުވުން. އެގޮތުން ތަނަށް ގަންނަ ނުވަތަ ހަދިޔާ ގެ ގޮތުގައިލިބޭ ހުރިހާ މުދަލެއްވެސް އިންވެންޓްރީ ފޮތުގައި ލިޔެ ބަލަހައްޓަށް ވާނެއެވެ.
  • ބިދޭސީ ޓީޗަރުންގެ ރިޒަވޭޝަނާ ގުޅުންހުރި މަސައްކަތައް އެޑިއުކޭޝަންގެ ސެކްޝަންތަކާއި ގުޅިގެން ކުރުން.
  • ބިދޭސީންގެ ސެޓްފިކެޓްތަކާއި، ޕާސްޕޯޓްތައް ހޯދައި ފައިލްކުރުމާއި ސޮޕްކޮޕީ ބެލެހެއްޓުން.
  • ވަޒީފާގެ އެއްބަސްވުން
  • ބިދޭސީންނާ ގުޅުންހުރި އެހެނިހެން ލިޔެކިޔުންތައް މިނސްޓްރީން ހޯދުމާއި މިނިސްޓްރީއަށް ފޮނުވުން.

 

މަޤާމުގެ ޝަރުޠުތައް:

ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.  
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)    މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ، އެ ސެޓުފިކެޓްގެ ކޮޕީ. 
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:   

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ނ)   ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން

މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2 ފެބްރުވަރީ 2021 ވާ އަންގާރަ ދުވަހުގެ ގެ 12:00 ގެ ކުރިން، ހަންޏާމީދު ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު   އޮންނާނީ، 3 ފެބްރުވަރީ 2021 އާއި 10 ފެބްރުވަރީ އާ ދެމެދު، ހަންޏާމީދޫ ސްކޫލް ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6680837 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

                           08 ޖުމާދަލްއާޙިރާ 1442

21 ޖަނަވަރީ 2021
ހޯދާ