މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ރާއްޖެއަށް އެތެރެކޮށް ވިއްކުމަށް ހުއްދަ ދީފައިވާ ބޭހެއް ވިއްކުން މަނާކުރުން

ފާރމަސޫޓިކަލް އެލާރޓް

ރާއްޖެއަށް އެތެރެކޮށް ވިއްކުމުގެ ހުއްދަދީފައިވާ އަލްޓޮޕް 40 މިލިގްރާމް އިންޖެކްޝަން(ޕެންޓޮޕްރަޒޯލް) އަކީ ލެބެން ލެބޯޓަރީސް، އިންޑިޔާ އިން އުފެއްދުމަށް މިއޮތޯރިޓީގައި ރަޖިސްޓްރީ ކޮށްފައިވާ ބޭހެކެވެ.

ނަމަވެސް މިބޭހުގެ ބެޗްނަންބަރ LLB103 އުފައްދާފައިވަނީ ލައިކާ އެކްސްޕޯޓް ލިމިޓެޑް،އިންޑިޔާ އިންނެވެ. އަދި މިބޭސް މާރކެޓަށް ނެރެފައިވާއިރު ލެބެން ލެބޯޓަރީގެ ލޯގޯ ޖަހާފައިވެއެވެ.މިއީ މިއޮތޯރިޓީގައި ރަޖިސްޓްރީ ކޮށްފައިވާ ބްރޭންޑަކަށް ނުވުމުގެ އިތުރުން މިބޭހުގެ ބައެއް ވައިލްތަކުގެ ކުލައަށް ބަދަލު އައިސްފައިވާ ކަން ވަނީ ފާހަގަކުރެވިފައެވެ.އެހެންކަމުން މިބޭހުގެ ރައްކާތެރިކަމާއި ފެންވަރާއި މެދު ސުވާލު އުފެދޭތީ، މިބޭސް ބޭނުން ކުރުމަކީ ސިއްޙީގޮތުން އެކަށީގެންވާ ކަމެއްކަމަށް ނުފެންނަ ކަމުގައި ދެންނެވީމެވެ.

ވީމާ، މިބެޗްގެ އިންޖެކްޝަން ފާރމަސީ ތަކުންނާއި ޞިއްޙީ ހިދުމަށްދޭ ތަންތަނުން ނެގުމުގެ މަސައްކަތް ކުރަމުން ގެންދާވާހަކަ ދެންނެވީމެވެ. އެންކަމުން މިބޭސް ބޭނުންނުކުރުމަށާއި، ނުވިއްކުމަށް އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29  ޖުމާދަލްއާޚިރާ  1434

09 މޭ 2013
ހޯދާ