ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
2021ވަނަ އަހަރު މި ސްކޫލްގެ ހެނދުނުގެ ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށްކުރެވުނު IUL)GS129/2020/09) ނަމްބަރ އިޢުލާނާއި ގުޅިގެން ހުށައަޅުއްވާފައި ބީލަން ފުރިހަމަނުވާތީ، އެ އިޢުލާން ބާތިލްކޮށް، އަލުން މިފުރުޞަތު ހުޅުވާލަމެވެ. މި ބީލަން ހުޅުވާލެވިފައިވަނީ ޤާނޫނު ނަމްބަރ 2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރ 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
- މި ބީލަމާއި ގުޅޭ ޕުރީބިޑް މީޓިން އޮންނާނީ 25 ޖެނުއަރީ 2021 ވާ ހޯމަދުވަހުގެ 10:00 ގައި ފައިނު ސުކޫލުގައެވެ.
- ބީލަން ހުޅުވުން އޮންނާނީ 2021 ޖެނުއަރީމަހުގެ 28 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިސްކޫލްގައެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފައިނު ސުކޫލް
ރ.ފައިނު
ފޯން: 6580358
އީ-މެއިލް: [email protected]
މައުލޫމާތު ސާފްކުރުމަށާއި އަންދާސީ ހިސާބު ހުށެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް، ސިޓީ ހުށައަޅަންވާނެއެވެ. މައުލޫމާތު ސާފްނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.