ތ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ސީނިއަރ ޑެންޓަލް އޮފިސަރ، ޑެންޓަލް އޮފިސަރ

`

 

ތ.އަތޮޅު ހޮސްޕިޓަލް

  ތ.ވޭމަންޑޫ     

           ނަންބަރު:(IUL)TAH-A/TAH/2021/6

އިޢުލާނު

 

މަޤާމު:

ސީނިއަރ ޑެންޓަލް އޮފިސަރ،  ޑެންޓަލް އޮފިސަރ

މަޤާމުގެ ނަންބަރު:

-

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

 CS12-1 to CS12-5

CS14-1 to CS14-5

މަޤާމުގެ ކްލެސިފިކޭޝަން:

ޑެންޓިސްޓްސް (ޖެނެރަލް)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތ.އަތޮޅު ހޮސްޕިޓަލް

 

 

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ހަމަޖެހިފައި އޮންނަ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  3. ސިވިލްސާރވިސް ގަވައިދުގައި ބަޔާންކޮށްފައިވާގޮތަށް އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ބަލިމީހާއާއި އޭނާގެ އާއިލާއާއި ވާހަކަދައްކާ އެކްސްރޭ، ކުޅުގެ ޓެސްޓްތައް ހަދައި ދަތްޕިލައާއި ކަތުރުކަށިގަނޑާއި މިތަންތަނާއި ގުޅުންހުރި ބައިތަކުގެ ބަލިތަކާ، ހާނިއްކަތަކާ އުފެދުމުގެ ހުރި އުނިކަންތައްތައް ދެނެގަތުން.
  2. އަނގައިގެ ބަލިތަކުން ރައްކާތެރިކޮށް ދުޅަހެޔޮކަންދެމެހެއްޓުމަށް ދަތްތަކާއި ހިރުގަނޑަށް ފަރުވާދީ އާންމުން ހޭލުންތެރިވުން.
  3. ދަތުގެ ފަރުވާދުނުމުގައި ބަލިމީހާއަށް ތަދު އިހުސާސްކުރެވޭމިންވަރު ކުޑަކުރުމަށް އައްސިކުރުމާއި ޑެންޓިސްޓްރީ ޕްރޮސީޖަރުތަކަށްފަހުތަދު މަޑުކުރުމަށް ފަރުވާދިނުން.
  4. ހަލާކުވެފައިވާ ދަތާއި ފަނިކައިފަ ހުންނަ ދަތްތައްރަނގަޅުކުރުމަށް އިންޕްލާންޓް، ކްރައުން އަދި ބްރިޖް ރަނގަޅުކުރުމް އަދިއޯތިޑޮންޓިކްސް ފަރުވާ ފަދަ ފަރުވާ ދިނުން.
  5. ދަތް އުފުރުމާ ބައޮޕްސީހެދުމާ އޯތޮޑޮންޓިކްސްފަދަ މެޑިކަލް އޮޕަރޭޝަން ހިމެނޭ ފަރުވާ ދިނުން.
  6. ޑެންޓަލް ޕްރޮސްތެސިސް ހެދުމަށް ބޭނުންވާ ސައިޒާއިބައްޓަން ކަނޑައެޅުމަށް ދަތްޕިލައާއި ކަތުރުކަށިގަނޑުގެ ނިންތަކާއިއިމްޕްރެޝަން ނެގުން.
  7. ދަތުގެ ފަރުވާއަށް ބޭނުންވާ ސްޕޭސް މައިންޓަނަރސްއާއިބްރިޖްފަދަ ތަކެތި ޑިޒައިންކުރުމާއި އެތަކެތި ހެދުމާ ބަލިމީހާގެއަނަގައިގައި ހަރުކުރުމާއި ޑެންޓަލް ޕްރޮސްތެޓތިކް ޓެކްނިޝަނުންނަށްބޭނުންވާ ޕެބްރިކޭޝަން އިރުޝަދާއި ޕްރިސްކްރިޕްޝަން ލިޔެދިނުން.
  8. ހަރުކޮށްފައިހުންނަ ވައްތަރާއި ނެގޭ ވައްތަރުގެ ޕްރޮތިއެޓިކްސް ބޭނުންކޮށްގެން އަނގައިގެ ބޭނުން ފުރިހަމައަށް ހިފޭނެގޮތް ހެދުން.
  9. އަނގައަށް ދިމާވާ ޞިއްޙީ މައްސަލަތަކުގެ އަލީގައިޑައިބެޓިކްސް ފަދަ އާންމުބަލިތައް ދެނެގަތުމަށް އެހީތެރިވުން.
  10. އަނގައިގެ ސާފުތާހިރުކަމާއި ނިއުޓްރިޝަންއާއި އަނގައިގެ ދުޅަހެޔޮކަންދެމެހެއްޓުމަށް ބަލިމީހާއާއި  އާއިލާއަށް މައުލޫމާތުދީ ހޭލުންތެރިކުރުން.
  11. ޑެންޓަލް ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ ޑެންޓަލްހައިޖިނިސްޓުން، ޑެންޓަލް އެސިސްޓެންޓުންނާއި ޓީމުގެ އެހެން މީހހުންސްޕަވައިޒްކުރުން.
  12.  ޑެންޓިސްޓްރީގެ ހިދުމަތުގައި ގެނގުޅޭ އުސޫލުތަކާ ބެހޭދިރާސާތައްކޮށް އެފަދަ މައުލޫމާތު ސައިންޓިފިކް ރިޕޯޓަތަކުގައި ޝާއިރުކުރުން

މަޤާމުގެ ޝަރުޠުތައް:

ރޭންކް

މަޤާމުގެ ޝަރުތު ( ސީނިއަރ ޑެންޓަލް އޮފިސަރ )

މަޤާމުގެ މުސާރަ

ސާރވިސް އެލަވަންސް

CS 14-5

ސީނިއަރ ޑެންޓަލް އޮފިސަރ ސީ.އެސް 14-4 ގްރޭޑުގައި 2 އަހަރު މަސައްކަތްކޮށްމަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިންމާކްސް ހޯދާފައިވުން.

22040ރ

8250ރ

CS 14-4

ސީނިއަރ ޑެންޓަލް އޮފިސަރ ސީ.އެސް 14-3 ގްރޭޑުގައި 2 އަހަރު މަސައްކަތްކޮށްމަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިންމާކްސް ހޯދާފައިވުން.

21070ރ

8250ރ

CS 14-3

ސީނިއަރ ޑެންޓަލް އޮފިސަރ ސީ.އެސް 14-2 ގްރޭޑުގައި 2 އަހަރު މަސައްކަތްކޮށްމަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިންމާކްސް ހޯދާފައިވުން.

20110ރ

8250ރ

CS 14-2

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލްކުރާ ބޭސިކްމެޑިކަލް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު ޓީޗިންގ ހޮސްޕިޓަލެއްގައިމަދުވެގެން 1 އަހަރު ދުވަހުގެ އިންޓަރޝިޕް ފުރިހަމަކޮށްފައިވުމާއެކުމޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީކޮށްޕްރެކްޓިސްކުރުމުގެ ހުއްދަ ލިބިފައިވުމާއެކު ޑެންޓަލް އޮފިސަރެއްގެމަގާމުގައި މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

19230ރ

8250ރ

ރޭންކް

މަޤާމުގެ ޝަރުތު ( ޑެންޓަލް އޮފިސަރ )

މަޤާމުގެ މުސާރަ

ސާރވިސް އެލަވަންސް

CS 12-5

ޑެންޓަލް އޮފިސަރ ސީ.އެސް 12-4 ގްރޭޑުގައި 2 އަހަރު މަސައްކަތްކޮށްމަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިންމާކްސް ހޯދާފައިވުން.

18350ރ

8250ރ

CS 12-4

ޑެންޓަލް އޮފިސަރ ސީ.އެސް 12-3 ގްރޭޑުގައި 2 އަހަރު މަސައްކަތްކޮށްމަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިންމާކްސް ހޯދާފައިވުން.

17490ރ

8250ރ

CS 12-3

ޑެންޓަލް އޮފިސަރ ސީ.އެސް 12-2 ގްރޭޑުގައި 2 އަހަރު މަސައްކަތްކޮށްމަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިންމާކްސް ހޯދާފައިވުން.

16630ރ

8250ރ

CS 12-2

 ޑެންޓަލް އޮފިސަރ ސީ.އެސް 12-1 ގްރޭޑުގައި 2 އަހަރު މަސައްކަތްކޮށްމަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިންމާކްސް ހޯދާފައިވުން.

15850ރ

8250ރ

CS 12-1

މެޑިކަލް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑްޑެންޓަލް ކައުންސިލް ގަބޫލްކުރާ ޓީޗިންގ ހޮސްޕިޓަލެއްގައި މަދުވެގެން 1އަހަރު ދުވަހުގެ އިންޓަރންޝިޕް ފުރިހަމަކޮށްފައިވުމާއެކު، މޯލްޑިވްސްމެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ޕްރެކްޓިސްކުރުމުގެ ހުއްދަ ލިބިފައިވުން.

15090ރ

8250ރ

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (http://www.csc.gov.mv/download/2249) އަދި މިހޮސްޕިޓަލްގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

7. މުއްދަތު ހަމަނުވާ ރަޖިސްޓްރޭޝަން އަދި ލައިސަންސްގެ ކޮޕީ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ހާސިލްކޮށްފައިވާ ތައުލީމާއި، ތަމްރީންއަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ގާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 ޖަނަވަރީ 2021 ގެ 14:00 ގެ ކުރިން، ތ.އަތޮޅު ހޮސްޕިޓަލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 28 ޖަނަވަރީ 2021 އާއި 28 ފެބްރުވަރީ 2021 އާ ދެމެދު، ތ.އަތޮޅު ހޮސްޕިޓަލް ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780058 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

07 ޖުމާދުލްއާހިރާ 1442ހ

20 ޖަނަވަރީ 2021މ

20 ޖަނަވަރީ 2021
ހޯދާ