ދިވެހިރާއްޖެ
ޕްރޮޖެކްޓް އެސިސްޓަންޓް
މަލްޓިލެޓަރަލް ފަންޑް ފޮރަ ދަރ އިމްޕްލިމެންޓޭޝަން އޮފް ދަރ މޮންޓިރަލް ޕޮރޮޓޯކޯލްގެ އެހީގެ ދަށުން އޯޒޯން ޔުނިޓުން ހިންގާ މަޝްރޫއުތަކުގެ މަސައްކަތްތައް ރާވާ ހިންގުމަށް އެއް (01) ޕްރޮޖެކްޓް އެސިސްޓަންޓް އައްޔަންކުރުމަށް ބޭނުންވެއެވެ.
ޕްރޮޖެކްޓް އެސިސްޓަންޓް މަޤާމަގެ މަސްޢޫލިއްޔުތައް:
- މޮންޓްރިއަލް ޕްރޮޓޮކޯލްގެ ދަށުން ހަދަން ޖެހޭ ރިޕޯރޓްތަކަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގައި ރިޕޯޓްލިޔެ، ތައްޔާރުކުރުން.
- އޯޒޯން ޔުނިޓުން އައްޔަންކޮށްފައިވާ ކޮންސަލްޓަންޓުންނާއި އޯޒޯން ޔުނިޓުން ހިންގާ މަޝްރޫޢުތަކުގެ މަސައްކަތްތައް މޮނިޓަރކުރުން
- އޯޒޯން ޔުނިޓުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުންން.
- އޯޒޯން ފަށަލައާއި މޮންޓްރިއޯލް ޕްރޮޓޮކޯލްގެ ދަށުން ކުރެވޭ މަސައްކަތްތަކާއި ބެހޭ މަޢުލުމާތު އާންމުންނަށާއި ޓެކްނީޝަނުންނަށް ފޯރުކޮށްދިނުމަށް ޕްރޮގްރާމްތައް ހިންގުން
- ޕްރޮޖެކްޓްގެ ރިޕޯރޓިންގ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމްއަށާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމްއަށް އަދި މަލްޓިލެޓަރަލް ފަންޑަށް ފޮނުވުން
- އޯޒޯން ޔުނިޓުން ކުރެވޭ ޚަރަދުތަކާ ޔުނިޓުގެ ބަޖެޓާއި ގުޅޭ އެންމެހާ ލިޔެކިޔުންތައް ބެލެހެއްޓުން.
- ކަމާބެހޭ ފަރާތްތަކާ ބައްދަލުވުންތަކާއި، ވޯކްޝޮޕްތަކާއި ކޮންސަލްޓޭޝަންތައް ރޭވުމާއި ޔައުމިއްޔާ ލިޔުން.
- ނެޝަނަލް އޯޒޯން ޔުނިޓުގެ އިދާރީ ކަންކަން ބެލެހެއްޓުމާއި، ޔުނިޓަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
ޕްރޮޖެކްޓް އެސިސްޓަންޓްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި:
- އެންވަޔަރަންމެންޓަލް މެނޭޖްމަންޓް/ސައިންސް ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުނރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލްކޮށްފައިވުން
- މަސައްކަތާއި ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުމަކީ އެދެވިގެންވާ ކަމެއް.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް
- ޑޭޓާ އެއްކުރުމާއި ޑޭޓާ ބެހެލެއްޓުމުގެ ތަޖުރިބާ ލިބިފައިވުން
- ދިވެހި އަދި އިނގިރޭސި ބަހުން ރިޕޯރޓް ލިޔުމުގެ ތަޖުރިބާ ލިބިފައިވުން
- ދިވެހި އަދި އިންގިރޭސި ބަހުން ވާހަކަދެއްކުމުގެ ފެންވަރު ރަނގަޅުވުން
- ބަޖެޖް ގަވާއިދުން ބެހެއްޓުމުގެ ތަޖުރިބާ ލިބިފައިވުން
- ޕްރޮޖެކްޓްއެއްގައި މަސައްކަތްކޮށްފައިވުން
ވީމާ މި މަޤާމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތުކުން ތިރީގައި ބަޔާންކުރެވިފައިވމައުލޫމާތުތައް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އަށް ހުށަހެޅުއްވުން އެދެމެވެ.
އުޖޫރަ
މި މަޤާމަށް ހޮވޭ ފަރާތަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު 15,600/- (ފަނަރަ ހާސް ހަ ސަތޭކަ) ރުފިޔާދެވޭނެއެވެ.
މަސައްކަތުގެ މުއްދަތު:
- މި މަސައްކަތް ކުރުމަށް ހޮވޭ ފަރާތާއެކު ސޮއި ކުރެވޭނީ 12 މަސް ދުވަހުގެ ކޮންޓްރެކްޓެއްގައެވެ.
ހުށަހަޅަށްޖެހޭ ލިޔުންތައް
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ
- ވަޒީފާ އަދާކުރުމުގެ ޤާބިލުކަން ކަށަވަރުކޮށްދޭ އެހެން ލިޔުންތައް (ރެފަރެންސް ސިޓީ، ތަމްރީން ޕްރޮގްރާމްތަކުގެ ލިޔުން)
ސުންގަޑި
ޝައުޤުވެރިވާ ފަރާތްތަކުން 28 ޖަނަވަރީ 2021 ވަނަ ދުވަހުގެ 12:00 ގެ ކުރިން، ހުށަހަޅަންޖެހޭ ލިޔުންތައް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
ފޮނުވަންޖެހޭ އެޑްރެސް:
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392،
ދިވެހިރާއްޖެ
ފޯނު ނަންބަރު: 3018300
އެކްސްޕްރެޝަން އޮފް އިންޓަރަސްޓް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައެވެ.
މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3018366 ,3018301 އަށް ގުޅުއްވުން އެދެމެވެ.