ދިވެހިރާއްޖެ
އިޖުތިމާއީ ސަރަހައްދުތައް ސާފުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:
މިރަށު އިޖުތިމާއީ ސަރަހައްދުތައް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ކުރެވުނު (ނަންބަރ: (IUL)307/INDIV/2021/01 އަދި (IUL)307/INDIV/2021/02) އިޢުލާންތަކުން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ ދެސަރަހައްދު އެއްކޮށްލުމަށްފަހު އަލުން މިސަރަހައްދުތައް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2021 ޖަނަވަރީ 25 ވާ ހޯމަ ދުވަހުގެ މެންދުރު 13:00އަށްމިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 2120 ޖަނަވަރީ 28 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 އަށް އަންދާސީ ހިސާބް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ. މައުލޫމާތު ދިނުމަށް ބައްވާ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށްވެސް މައުލޫމާތު ދެވޭނީ 1 ފަރާތެއްގެ ނަމުގައެވެ. ކަނޑައެޅިފައިވާ ދުވަހު ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރަށްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެވާހަކަ މިފުރުސަތުގައި ދެންނެވީމެވެ.
ކަނޑައެޅިފައިވާ ސަރަހައްދުތައް:
- ބަނދަރު ސަރަހައްދު (ފެނަކަ އިންޖީނުގެއާއި ހަމައިން ފްރެޝް އަޙްމަދު އާތިފް އަށް ދޫކޮށްފައިވާ ބިމާއި ހަމައަށް)
- ހާފްޑްރީމްގޭ މަގުކޮޅު
- ކިނާރާގޭ މަގުކޮޅު
- އިންނަމާދޫ ސްކޫލް ފުރަގަހުގައިވާ މަގު ކޮޅު ( ފުޓުބޯޅަ ދަނޑުގެ ދެކުނު ކަންމަތިން ފެށިގެން މަގު ކޮޅުގެ ނިޔަލަށް)
- އިންނަމާދޫ ފުޓުބޯޅަ ދަނޑު ފުރަގަހުގައިވާ މަގު (ފުޓުސަލް ދަނޑު ހިމެނޭ ސަރަހައްދުން ފެށިގެން މަގު ކޮޅުގެ ނިޔަލަށް)
- ސިނާޢީ ސަރަހައްދަށް ދިއުމަށް އަލަށް ހަދާފައިވާ މަގު (އަލީ ފަރުހާދުއަށް ދޫކޮށްފައިވާ ގެވަޅުން ފެށިގެން މަގު ކޮޅުގެ ނިޔަލަށް)
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.