ކެޔޮދޫ ސްކޫލް
ދިވެހިރާއްޖެ
ސްކޫލް ދަރިވަރުންގެ ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް

 

 

                                           އިޢުލާން ނަންބަރ: GS70/IUL/2021/02

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި ސްކޫލްގެ ހެނދުނުގެ ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް ކުރި ނަމްބަރ: GS70/IUL/2021/01 އިޢުލާނަށް އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

   މި ސްކޫލްގެ ހެނދުނުގެ ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. 

މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 ޖަނަވަރީ 19 ން 2021 ޖަނަވަރީ 24 ށް ބަންދުނޫން ދުވަސްތަކުގެ 8:30 އިން 13:30 އަށް އަށް މިސްކޫލަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 25 ޖަނަވަރީ 2021 ވާ ހޯމަ ދުވަހު 10:00 ކެޔޮދޫ ސްކޫލް ގައެވެ.

ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2021 ޖަނަވަރީ 27 ވަނަ ދުވަހުގެ 10:00 ގައި ކެޔޮދޫ ސްކޫލްގައެވެ.

މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ކެޔޮދޫ ސްކޫލް

 ވ. ކެޔޮދ، ދިވެހިރާއްޖެ.

 ފޯން:  6700804 ، 7476523 ، 7468184

އީ-މެއިލް: [email protected]

19 ޖަނަވަރީ 2021
ހޯދާ