ދިވެހިރާއްޖެ
އެސް.ޓީ.އޯ ލ. ފޮނަދޫ ފިހާރައަށްގެންދެވޭމުދާ،ބޯޓުތަކުންބާލައިގެންއެސް.ޓީ.އޯލ. ފޮނަދޫފިހާރައިގެގުދަނުގައިނުވަތަފިހާރައިގެފަރާތުންދައްކާތަނެއްގައިގުދަންކުރުމުގެމަސައްކަތް ކޮށްދޭނެ ފަރާތެއްހޯދުމަށްބޭނުންވެއްޖެ.
އެސް.ޓީ.އޯ ލ. ފޮނަދޫ ފިހާރައަށް ގެންދެވޭ މުދާ، ބޯޓުތަކުން ބާލައިގެން އެސް.ޓީ.އޯ ލ. ފޮނަދޫ ފިހާރައިގެ ގުދަނުގައި ނުވަތަ ފިހާރައިގެ ފަރާތުން ދައްކާ ތަނެއްގައި ގުދަން ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާން ނަންބަރު (60-PRO/2021/04)، ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ. ވީމާ، މި ބާވަތުގެ މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.
މަސައްކަތުގެވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
މަސައްކަތުގެ މުއްދަތު: 01 އަހަރު
ރަޖިސްޓަރީކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން، 2021 ޖެނުއަރީ 26 ވަނަ ދުވަހު 1400 ގެ ކުރިން އެސްޓީއޯ ލ. ފޮނަދޫ ފިހާރައަށް ދުރުވެ ރަޖިސްޓްރީ ކުރަންވާނެއެވެ.
ބީލަންކަރުދާސްދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ، 2021 ޖެނުއަރީ 26 ވާ އަންގާރަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.
މައުލޫމާތު ދިނުން: ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް، 2021 ޖެނުއަރީ 27 ވާ ބުދަ ދުވަހުގެ 1400ގައި މައުލޫމާތު ދިނުމުގެ ބައްދަވުމެއް އެސްޓީއޯ ލ. ފޮނަދޫ ފިހާރައިގައި އޮންނާނެއެވެ.
ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ،2021 ފެބްރުއަރީ 01 ވާ ހޯމަ ދުވަހުގެ 1400 ގައި އެސްޓީއޯ ލ. ފޮނަދޫ ފިހާރައިގައެވެ. އަދި ބީލަންކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.
އިތުރުމަޢުލޫމާތުހޯއްދެވުމަށްގުޅުއްވާނީ:
ފޯނު: 3012566 3344262,
ފެކުސް: 3344633
އީމެއިލް: [email protected]
19 ޖެނުއަރީ 2021