ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
މިކޯޕަރޭޝަނުގައި ހުރި ބައެއްތަކެތި ނީލަމުގައި ވިއްކާލުން

އިޢުލާން

 

 ނަންބަރ: HDC (161) - F/IU/2021/31  

މިކޯޕަރޭޝަނުގައި ހުރި ބައެއްތަކެތި ނީލަމުގައި ވިއްކާލުން

       މިކޯޕަރޭޝަނުގައި ހުރި ބައެއްތަކެތި ސިޓީލާ ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. މިނީލަމާއި ގުޅޭ ތަފްޞީލް ތިރީގައި މިވަނީއެވެ.

1- ނީލަންކިޔާ ތަކެތި ބެލުމާއި މަޢުލޫމާތު ސާފުކުރުން:

- ނީލަންކިޔަން ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން، 2021 ޖަނަވަރީ 20 ވަނަދުވަހުގެ 15:00 ކުރިން މިކޯޕަރޭޝަންގެ ހެޑްއޮފީސް ރިސެޕްޝަނަށް ވަޑައިގެން ނުވަތަ މިކޯޕަރޭޝަނުގެ ފޯނު ނަމްބަރ  3535 335 އަށް ގުޅުއްވައިގެން ނަން ނޯޓް ކުރެއްވުމަށް އެދެމެވެ.

- ނީލަންކިޔާތަކެތި ދެއްކުމާއި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ ނަން ނޯޓު ކުރަށްވާފައިވާ ފަރާތްތަކާއެކު، 2021 ޖަނަވަރީ 21 ވަނަދުވަހުގެ 10:00 ގައި މިކޯޕަރޭޝަން މުނިސިޕަލް ސާވިސް ސައިޓް އޮފީސް ސަރަޙައްދުގައެވެ.

 

2- ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްޞީލް

އައިޓަމް ނަމްބަރ

ތަފްޞީލް

ނީލަންފެށޭ އަގު

1

ހަލާކުވެފައިވާ އެއް ދޯނި (އާމަ-1) އިންޖީނަކާއެކު

(210 YANMAR 6CH-DTE3 Engine)

100,000.00

2

ހަލާކުވެފައިވާ އެއް ދޯނި (ގަނދަކޯޅި-1) އިންޖީނަކާއެކު

(200 CUMMINS 6 CT MARINE ENGINE)

50,000.00

3

ބޭނުންކޮށްފައިހުރި ބައު ފަރުނީޗަރ (ލަކުޑި އަދި ދަގަނޑު ފަރުނީޗަރ)

36,100.00

 

 

3- އަގު ހުށަހެޅުން:

- އަގު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 2021 ޖަނަވަރީ 24 ވަނަ ދުވަހުގެ 15:00 ގެ ކުރިން، އަގުހުށަހެޅުމަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު އައިޑީ ކާޑުގެ ކޮޕީއަކާ އެކު  ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި މިކޯޕަރޭޝަނަށް ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ނީލަމުގައި ބައިވެރިވުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. (އަގު ހުށަހަޅާ ފޯމް 2021 ޖަނަވަރީ 21 ވަނަދުވަހުގެ 10:00 ން ފެށިގެން މިކޯޕަރޭޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ)

4- ފައިސާދެއްކުމާއި ތަކެތިގެންދިއުން:

- އައިޓަމް ނަމްބަރ 1 އަދި 2 ގެ ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން 2021 ޖަނަވަރީ 28 ވަނަ ދުވަހުގެ 15:00 ކުރިން ނީލަމުގައި ތަކެތި ބައްލަވައިގަތުމަށް ހުށަހެޅުއްވި އަގާއި އަގުގެ އިތުރުން ސެކިއުރިޓީ ޑިޕޮސިޓްގެގޮތުގައި ކޮންމެ އައިޓަމަކަށް -/2000 ރުފިޔާ (ދެހާސް ރުފިޔާ) ދައްކަވަންވާނެއެވެ. އަދި 2021 ފެބުރުވަރީ 07 ވަނަދުވަހުގެ 14:00 ގެ ކުރިން ތަކެތި ގެންދަވަން ވާނެއެވެ.

- އައިޓަމް ނަމްބަރ 3 ގެ ނީލަން ކާމިޔާބު ކުރައްވާ ފަރާތުން 2021 ޖަނަވަރީ 28 ވަނަ ދުވަހުގެ 15:00 ކުރިން ނީލަމުގައި ތަކެތި ބައްލަވައިގަތުމަށް ހުށަހެޅުއްވި އަގާއި އަގުގެ އިތުރުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި -/1000 ރުފިޔާ (އެއްހާސް ރުފިޔާ) ދައްކަވަންވާނެއެވެ. އަދި 2021 ޖަނަވަރީ 31 ވަނަދުވަހުގެ 14:00 ގެ ކުރިން ތަކެތި ގެންދަވަން ވާނެއެވެ.

- ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚަށް ފައިސާ ނުދައްކަވައިފިނަމަ ، ދެވަނައަށް އެންމެ ބޮޑު އަގެއް ހުށަހެޅިފަރާތަކަށް ފުރުޞަތުދެވޭނެއެވެ.

-ކަނޑައަޅާފައިވާ މުއްދަތު ތެރޭގައި ތަކެތި ނުގެންދެވިއްޖެނަމަ، ނުގެންދެވިވާތަކެތި މި ކޯޕަރޭޝަނުގެ ބެލުމުގެ ދަށަށް ގެނެވޭނެއެވެ.

މި އިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިކޯޕަރޭޝަނުގެ 3535 335 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

05 ޖުމާދަލްއާޚިރާ 1442

18  ޖަނަވަރީ   2021

 

18 ޖަނަވަރީ 2021
ހޯދާ