މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އޮފިސަރ، ޕްރޮކިޔުމަންޓް

އިޢުލާނު

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

އޮފިސަރ، ޕްރޮކިޔުމަންޓް

ބޭނުންވާ އަދަދު:

01 (އެކެއް)

މުސާރައާއި ޢިނާޔަތްތައް:

-/8،800 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު:

  • ބިޒްނަސް މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ ފައިނޭންސް ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4 ނުވަތަ މަތީ ސެޓްފިކެޓެއް ޙާޞިލް ކޮށްފައިވުން، ނުވަތަ މަތީ ސާނަވީ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުން.

ނުވަތަ

  • ސާނަވީ އިމްތިޙާނަކުން 5 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ޙާޞިލްކޮށްފައިވުމާއެކު މަޤާމާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 03 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

 

  • ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން އެނގުން.
  • ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.
  • މި މަޤާމަށް މީހަކު އައްޔަން ކުރުމުގައި ޕްރޮކިއުމަންޓް ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަސްއޫލިއްޔަތު:

  • ކޯޕަރޭޝަންގެ އިދާރީ ހިންގުން ހަމަޖެއްސުމަށް ބޭނުންވާނެ ލޮޖިސްޓިކްސް މަސައްކަތްތައް ބެލެހެއްޓުން.
  • ކޯޕަރޭޝަނުން އެކި ފަރާތްތަކަށް ފޮނުވަން ޖެހޭ އެންމެހާ ލިޔެކިޔުންތަކާއި ތަކެތި އެފަރާތްތަކާ ޙަވާލުކުރުން.
  • ކޯޕަރޭޝަންގެ ބޭނުމަށް ގަންނަން ބޭނުންވާ ތަކެތީގެ އަގު ހޯދުމާއި، ގަތުމާއި އަދި އެތަކެތި ކޯޕަރޭޝަނަށް ގެންނަށް ބޭނުންވެއްޖެ ޙާލަތެއްގައި ގެނައުމަށް އެހީތެރިވުން.
  • ކަސްޓަމަރުން އަތުން ނެގޭ ފައިސާ ދުވަހުން ދުވަހަށް ބޭންކަށް ޖަމާކުރުމާއި ބޭންކުން ހޯދަން ޖެހިއްޖެ އެހެނިހެން ޚިދުމަތްތައް ހޯދުން.
  • އޮފީސް މަރާމާތުގެ މަސައްކަތްތައް ކުރާ ވަގުތު ތަކުގައި ސުޕަވައިޒް ކުރުން.
  • ކޯޕަރޭޝަންގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވެ އެއްބާރުލުން ދިނުމާއިއެކު، އޮފީހުގެ މަސައްކަތުގެ ދާއިރާއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

 

މަސައްކަތުގެ ވަގުތު:

މި ކޯޕަރޭޝަންގެ ރަސްމީ ގަޑި (ހެނދުނު 08:00 އިން މެންދުރުފަހު 15:00 އަށް)

(ހަމަޖެހޭ ގޮތެއްގެ މަތީން އިތުރު ގަޑީގައި މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް)

ހުށައަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށައަޅާ ފޯމް (މި ފޯމު ކޯޕަރޭޝަންގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިން ލިބިވަޑައިގަންނަވާނެއެވެ.)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ.

ސުން ގަޑި:

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު 28 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށަހަޅުއްވާނަމަ، ފުރިހަމަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމާއި އެހެނިހެން ލިޔެކިޔުންތަށް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން [email protected] އަށް ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި މި މަޤާމަށް ޝޯޓްލިސްޓްވާ ފަރާތްތަކަށް  އެންގޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

18 ޖަނަވަރީ 2021
ހޯދާ