ދިވެހިރާއްޖެ
މިކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތްވާ ގޮތުގެ މަތިން އެމް.ޑަބްލިއު.އެސް.ސީ ގެ ފެނާ ނަރުދަމާގެ ޕްރޮޖެކްޓް ތަކަށްް ބޭނުންވާ ތަކެތި ކޮންޓްރެކްޓަރ ފައިނޭންސިން އުލޫސުން ހޯދާ ފޯރު ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވާލާއި އެއްގޮތަށް މައުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށައެޅުއްވުން އެދެމެވެ.
ތަފްސީލް |
ތާރީހް |
ގަޑި |
ތަން |
މައުލޫމާތު ސާފުކުރުން |
26 ޖެނުަަަަަަަައަރީ 2021 |
11:00 |
އެމް.ޑަބްލިޔު.އެސް.ސީ ސީ.އެސް. ފެން ބިލްޑިންގ 5 ވަނަ ފަންގިފިލާ |
އަގު ހުށައެޅުން |
04 ފެބްރުއަރީީ 2021 |
14:00 |
އެމް.ޑަބްލިޔު.އެސް.ސީ ސީ.އެސް. ފެން ބިލްޑިންގ 5 ވަނަ ފަންގިފިލާ |
ބީލަމުގައި ބައިވެރިވުމަށް ފުރިހަމަ ވާންޖެހޭ ބައެއް މުހިންމު ޝަރުތުތައް:
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް އިން ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށްވުން.
- މި ބިޑްގައި ބައިވެރިވެލައްވާ ފަރާތްތަކުން ބިޑް ހުށަހަޅުއްވާއިރު އެފަރާތުގެ ފާއިތުވީ 3 އަހަރުގެ އޮޑިޓެޑް ފައިނޭންޝަލް ސްޓޭޓްމަންޓް ހުށައަޅަންވާނެއެވެ.
ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން https://banktransfers.mwsc.com.mv މެދުވެރިކޮށް ފައިސާ ދެއްކެވުމަށް ދަންނަވަމެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ 500.00ރ އެވެ. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 18 ޖަނަވަރީ 2021 އިން 23 ޖަނަވަރީ 2021 އަށެވެ. ބީލަންފޮތް ދޫކުރާނީ 24 ޖަނަވަރީ 2021 ގެ ހެނދުނު 10:00 އިން މެންދުރު ފަހު 04:00 އަށް ފެން ބިލްޑިންގ 5 ވަނަ ފަންގިފިލާ އިންނެވެ.
ޕްރީބިޑް މީޓިންގް ބޭއްވުމަށް ހަމަޖެހިފައިވަނީ 26 ޖަނަވަރީ 2021 ވާ ދުވަހު 11:00 ގައެވެ. އަދި ބިޑް ހުށައަޅަން ހަމަޖެހިފައިވާ ތާރީޚަކީ 04 ފެބްރުއަރީީ 2021 ވާ ދުވަހު 14:00 އެވެ.
މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. މި މަސައްކަތާއި ބެހޭ އިތުރު މައުލޫމާތު 18 ޖެނުއަރީ 2021 އިން ފެށިގެން މި ކުންފުނީގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
ކޮންޓްރެކްޓިންގ ޑިޕާޓްމަންޓް