ދިވެހިރާއްޖެ
No:134-AD/I/2021/03
އިޢުލާން
މިފްކޯ ހެޑް އޮފީހާއި މިފްކޯ މަސްފިހާރައިގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
މިފްކޯގެ ހެޑްއޮފީހާއި ހެޑްއޮފީހުގެ ގޯތިތެރޭގައި ހިމެނޭ ސަރަހައްދާއި، މި ސަރަހައްދުގައި ހިމެނޭ މިފްކޯމަސްފިހާރަ1 ގެ ސިކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ.
ވީމާ، ސިކިއުރިޓީގެ ޚިދުމަތް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2021 ޖަނަވަރީ 21 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން [email protected] އީ- މެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރާފަރާތްތަކަށް، މަސައްކަތުގެ މަޢުލޫމާތު ކަރުދާސް 2021 ޖަނަވަރީ 21 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 16:00ކުރިން އީމެއިލް މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ.
ވީމާ، ސިކިއުރިޓީގެ ޚިދުމަތް ދިނުމަށް ޝައުޤުވެރިކަން ފާޅުކޮށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން 2021 ޖަނަވަރީ 27 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:30 އަށް މިފްކޯގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ގެންނަ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. އަންދާސީހިސާބު ހުޅުވުން އޮންނާނީ އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައެވެ. އަންދާސީހިސާބު ހުށަހަޅާނީ، ތިރީގައިވާ އެޑްރެހަށެވެ.
މޯލްޑިވްސްއިންޑަސްޓްރިއަލްފިޝަރީޒްކޮމްޕެނީލިމިޓެޑް (މިފްކޯ)
389 ނަންބަރު ކޮށި / މާފަންނު
ހިލާލީ މަގު / މާލެ
އިތުރުމަޢުލޫމާތުހޯއްދެވުމަށްގުޅުއްވާނީ:
ފޯނު: 3323932
ފެކްސް: 3323955
އީމެއިލް: [email protected]