ދިވެހިރާއްޖެ
ހަނިމާދޫގައި އުފެދޭ ކުނި ނަގާ ކުނިކޮށްޓަށް ޖަމާކޮށް ނައްތާލާނެ ފަރާތެއް ބޭނުންވެއްޖެ
ހަނިމާދޫގައި އުފެދޭ ކުނި ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ހަފްތާއަކު 3 ދުވަހު، ކުނީގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ތަންތަނުން ކުނިނަގާ، ކުނިކޮށްޓަށް ގެންގޮސް ނައްތާލާނެ ފަރާތެއް ހޯދުމަށް ކުރި މިކައުންސިލްގެ ނަންބަރު: (IUL)258/2021/02 އިޢުލާން ބާޠިލްކޮށް އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 2021 ޖަނަވަރީ 17 އިން 2021 ޖަނަވަރީ 25 އަށް މިއިދާރާގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރުމުގެ އިންތިޒާމާއި ބިޑް ޑޮކިއުމަންޓް ދޫކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓްކުރާ ފަރާތްތަކަށެވެ.
މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 2021 ޖަނަވަރީ 25 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ވަޑައިގެން ސާފުކުރެއްވުން އެދެމެވެ.
ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2021 ޖަނަވަރީ 27 ވަނަ ދުވަހުގެ 11:00 ގައި މިއިދާރާގެ ކޮންފަރެންސް ރޫމްގައެވެ.