ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ވާރކްސްޓޭޝަން ސަޕްލައި ކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުން

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ވާރކްސްޓޭޝަން ސަޕްލައި ކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

 ވީމާ، މި ތަކެތި ސަޕްލައި ކޮށްދިނުމަށް ޝައުގުވެރިވާ ޝަރުޠުހަމަވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ. މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު 13-K/CIR/2019/27 (4 ޖުލައި 2019) މާލިއްޔަތު ސާރކިއުލަރގައި ވާގޮތުގެމަތިން  މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރި ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް އެކަނިކަމުގައި ދެންނެވީމެވެ.

ވީމާ، މިތަކެތި ސަޕްލައި ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، މި ކޮމިޝަނަށް (ހ.ސަކީނާމަންޒިލް) ވަޑައިގެން މި ބީލަމުގައި ރަޖިސްޓްރީ ކުރަންވާނެއެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރަން ފަށާނީ 17 ޖަނަވަރީ 2021 ވާ އާދީއްތަ ދުވަހުގެ 8:00  ފެށިގެންނެވެ. އަދި ރަޖިސްޓްރީ ކުރުމުގެ މުއްދަތު 19 ޖަނަވަރީ 2021 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 އަށް ހަމަވާނެއެވެ. މި ބީލަމުގެ މަޢުލޫމާތު ކަރުދާސް، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ވަގުތު އެފަރާތްތަކަށް ދޫކުރެވޭނެއެވެ.

ބީލަމުގައި ރަޖިސްޓްރީވި ފަރާތްތަކުން 27 ޖަނަވަރީ 2021 ވާ ބުދަ ދުވަހުގެ 11:00 އަށް ކޮމިޝަނަށް (ހ.ސަކީނާމަންޒިލް) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުވުން އެދެމެވެ. މި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކޮށްފައިވާ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެއެވެ. އަދި ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެކަންވެސް ދެންނެވީމެވެ.

 

                        01 ޖުމާދަލްއާޚިރާ 1442

                        14 ޖަނަވަރީ 2021

14 ޖަނަވަރީ 2021
ހޯދާ