ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ހޯލް އިމާރާތުގެ ދިޔަދޮވި ހޮޅިތަކުގައި ކުލިޕް އެޅުމާއި ދިޔަދޮވި ހަރުކުރުން

ސްކޫލްގެ މައި އިމާރާތުގެ ފުރާޅު މަރާމާތު ކުރުން

ސްކޫލްގެ މައި އިމާރާތުގެ ދެކޮޅުގެ ކޮޅު ބިތުގެ ސީލިންގ އަދި ސްޓާފްރޫމް ސީލިންގ މަރާމާތު ކުރުން

ދަގަނޑު ފްރޭމްގައި ހަދާފައިވާ ބެންޗުތަކުގެ މަސައްކަތް

            ސްކޫލްގެ ހޯލް އިމާރާތުގެ ދިޔަދޮވި ހޮޅިތަކުގައި ކުލިޕް އެޅުމާއި ދިޔަދޮވި ހަރުކުރުމުގެ  މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު GS-65-A/2020/26 ( 31 ޑިސެންބަރު 2020 )

އިޢުލާން، ސްކޫލްގެ މައި އިމާރާތުގެ ފުރާޅުގެ އިސްކުރު ބަދަލުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު GS-65-A/2020/25 ( 31 ޑިސެންބަރު 2020 ) އިޢުލާން،

ސްކޫލްގެ މައި އިމާރާތުގެ ދެކޮޅުގެ ކޮޅު ބިތުގެ ސީލިންގ އަދި ސްޓާފްރޫމް ސީލިންގ މަރާމާތު ކުރުމުގެ މަސައްކަތް ސްކޫލުން ތަކެތި ފޯރުކޮށްދިނުމުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު GS-65-A/2020/22 ( 31 ޑިސެންބަރު 2020 ) އިޢުލާން 

އަދި ދަގަނޑު ފްރޭމްގައި ހަދާފައިވާ ބެންޗުތަކުގެ މަސައްކަތަށްސްކޫލުން ތަކެތި ފޯރުކޮށްދިނުމުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު GS-65-A/2020/21 ( 31 ޑިސެންބަރު 2020 ) އިޢުލާނާއި 

ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށައަޅުއްވާފައިނުވާތީ ،    އެ އިއުލާނުތައް ބާތިލުކޮށް އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

           ދެންނެވިފައިވާ މަސައްކަތްތަކުގެ ތެެރެއިން ހޯލް އިމާރާތުގެ ދިޔަދޮވި ހޮޅިތަކުގައި ކުލިޕް އެޅުމާއި ދިޔަދޮވި ހަރުކުރުމާއި ސްކޫލްގެ މައި އިމާރާތުގެ ފުރާޅު މަރާމާތުކުރުމުގެ މަސައްކަތް، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. އަދި  ސްކޫލްގެ މައި އިމާރާތުގެ ދެކޮޅުގެ ކޮޅު ބިތުގެ ސީލިންގ އަދި ސްޓާފްރޫމް ސީލިންގ މަރާމާތު ކުރުމުގެ މަސައްކަތާއި  ، ދަގަނޑު ފްރޭމް ގައި ހަދާފައިވާ ބެންޗުތަކުގެ މަސައްކަތް ،

މި މަސައްކަތްތަކަށް ބޭނުންވާ އެންމެހާ ތަކެތި ސްކޫލުން ފޯރުކޮށްދިނުމުން އެ މަސައްކަތްތައްކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މިމަސައްކަތްތަކަށް ކުރިމަތިލެވޭނީ  ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި،

އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

 

 

1         އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވާން އެދޭ ފަރާތްތައް 2021 ޖަނަވަރީ 14 އިން 2021 ޖެނުއަރީ 20 ގެ ނިޔަލަށް ކޮންމެ ދުވަހަކު 9:00 އިން 12:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

 

2         މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ޖަނަވަރީ 21 ވަނަ ދުވަހުގެ  14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

 

3         މި މަސައްކަތްތަކާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021 ޖަނަވަރީ 24 ވަނަ ދުވަހު ހެނދުނު 8:15  ގައި މިސްކޫލުގެ އޮފީހުގައެވެ.

 

4         އަންދާސީ ހިސާބު ހުޅުވުން އޮންނާނީ 2021ޖަނަވަރީ 26 ވަނަ ދުވަހުގެ ހެނދުނު 8:15 ގައި މިސްކޫލުގެ އޮފީހުގައެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަތީގައިވާ މުއްދަތުގެ ތެރޭގައި

ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

 

5        ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ވިލުފުށީ ސްކޫލް

ތ.ވިލުފުށި

ފޯން:7940633

 

14 ޖަނަވަރީ 2021
ހޯދާ