ދިވެހިރާއްޖެ
No: 134-AD/I/2021/01
އިޢުލާން
އައްޑޫފިޝަރީޒްކޮމްޕްލެކްސްއަށްބޭނުންވާބޯރހޯލްއެއްގާއިމްކުރުން.
މިކުންފުނިން އައްޑޫސިޓީ ހުޅުމީދޫގައި ހިންގާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި އައިސް އުފެއްދުމާ، އެތަނުގެ އެހެނިހެން ބޭނުން ތަކަށް ބޭނުންވާ ފެން، ބިމުގެ އަޑިން ނެގުމަށްޓަކައި 02 ބޯރހޯލް ޤާއިމްކޮށް ދީ އަދި ފެންނެގުމަށް ޕަމްޕިންގ ސިސްޓަމެއް އަމިއްލަ ތަކެތީގައި ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިކުންފުނީގެ ނަންބަރ No:134-AD/I/2020/25 އިޢުލާން އާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށް ވާތީ، އެ އިޢުލާން ބާޠިލްކޮށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2021 ޖަނަވަރީ 19 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00ގެ ކުރިން [email protected] އީ- މެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރާފަރާތްތަކަށް، މަސައްކަތުގެ މަޢުލޫމާތު (RFQ) ކަރުދާސް 2021 ޖަނަވަރީ 19 ވާ އަންގާރަ ދުވަހުގެ ހަވީރު 16:00ކުރިން އީމެއިލް މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިކަން ފާޅުކޮށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން 2021 ޖަނަވަރީ 25 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:30 އަށް މިފްކޯގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ގެންނަ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. އަންދާސީހިސާބު ހުޅުވުން އޮންނާނީ އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައެވެ. އަންދާސީހިސާބު ހުށަހަޅާނީ، ތިރީގައިވާ އެޑްރެހަށެވެ.
މޯލްޑިވްސްއިންޑަސްޓްރިއަލްފިޝަރީޒްކޮމްޕެނީލިމިޓެޑް (މިފްކޯ)
389 ނަންބަރުކޮށި / މާފަންނު
ހިލާލީމަގު / މާލެ
އިތުރުމަޢުލޫމާތުހޯއްދެވުމަށްގުޅުއްވާނީ:
ފޯނު: 3323932
ފެކްސް: 3323955
އީމެއިލް: [email protected]
14 ޖަނަވަރީ 2021