މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ތިލަފުށީގައި ހުރި ތަކެތި ކާށިދޫއަށް ގެނައުން
މި އިދާރާގެ ބޭނުމަށް، ކ. ތިލަފުށީގައި ހުރި މިދަންނަވާ ތަކެތި، ކ. ކާށިދޫ އަށް ގެނެސްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަމްބަރު (IUL)330-B/330/2021/1 އިޢުލާނާއި ގުޅިގެން ދެވިފައިވާ މަޢުލޫމާތުގައި މައްސަލައެއް އޮތުމާއެކު، އެ އިޢުލާން ބާތިލުކޮށް އެ ތަކެތި ގެނެސްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާންކުރީމެވެ.
ނަމްބަރު |
ބާވަތް |
ތަފްސީލް |
1 |
108000 |
ޕޭމަންޓް ގައު |
2 |
175 |
ކާބް ސްޓޯން |
ވީމާ މި ތަކެތި ޑެލިވަރ ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- މި ބީލަން ހުޅުވާލެވިފައި މިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން އޮންނާނީ، 14 ޖެނުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން ބިޑުރަޖިސްޓްރީ ކުރާ ފޯމް ހުށަހަޅައިގެންނެވެ.
- ބީލަން ހުށަހެޅުން އޮންނާނީ 17 ޖެނުއަރީ 2021 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާގަ އެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.
- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ، ހަވީރީ ހިނގުން / ކ. ކާށިދޫ ، ފޯން: 6645377، 7798119
13 ޖެނުއަރީ 2021
13 ޖަނަވަރީ 2021
ހޯދާ