ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދައުވަތު
ފެން ޓެސްޓް ކުރާ އިކުޕްމަންޓްސް ސަޕްލައިކޮށް ޑެލިވަރ ކުރުން (ލޮޓް 1، ލޮޓް 2، ލޮޓް3 އަދި ލޮޓް 4)
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އާއި ގްރީން ކްލައިމެޓް ފަންޑް ގުޅިގެން ހިންގާ 'ސަޕޯޓިންގ ވަލްނަރަބްލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު މެނޭޖް ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖަސް' ޕްރޮޖެކްޓްގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް ފެން ޓެސްޓް ކުރާ އިކުޕްމަންޓްސް ގަތުމަށް ބޭނުންވެގެން 9 ޑިސެމްބަރ 2020 ގައި ކުރި ނަންބަރު
246 (IUL)438-GCF/438/2020/ އިއުލާނަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގެ އަގު ބޮޑު ކަމަށް ފެންނާތީ އެ އިއުލާން ބާތިލްކޮށް އަލުން އިއުލާންކުރަމެވެ.
ވީމާ، މި ތަކެތި ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ފެން ޓެސްޓް ކުރާ އިކުޕްމަންޓްސް (ވޯޓަރ ޓެސްޓިންގ އިކުއިޕްމަންޓްސް) ގެ ޓެކްނިކަލް ސްޕެސިފިކޭޝަން އަދި "ޓާރމްސް އޮފް ރިފަރެންސް" މި ޢިއުލާނާއި އެއްކަރުދާސް ކުރެވިފައި ވާނެއެވެ. މި ކަމާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.
- މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- ފެން ޓެސްޓް ކުރާ އިކުޕްމަންޓްސް ސަޕްލައިކޮށް ޑެލިވަރ ކުރުން (ލޮޓް 1، ލޮޓް 2، ލޮޓް3 އަދި ލޮޓް 4)
ލޮޓް 1: 26 ރަށަކަށް އިކުއިޕްމަންޓްސް ހޯދުން – ސަޕްލައިކޮށް އަދި ޑެލިވަރީ ކުރުން
ލޮޓް 2: 26 ރަށަކަށް އިކުއިޕްމަންޓްސް ހޯދުން – ސަޕްލައިކޮށް އަދި ޑެލިވަރީ ކުރުން
ލޮޓް 3: 26 ރަށަކަށް އިކުއިޕްމަންޓްސް ހޯދުން -ސަޕްލައިކޮށް އަދި ޑެލިވަރީ ކުރުން
ލޮޓް 4: 26 ރަށަކަށް އިކުއިޕްމަންޓްސް ހޯދުން -ސަޕްލައިކޮށް އަދި ޑެލިވަރީ ކުރުން
ބީލަން ހުށަހަޅާ ފަރާތުން ބޭނުންވާ ލޮޓަކަށް ނުވަތަ ހުރިހާ ލޮޓަކަށް ކުރިމަތި ލުމުގެ އިހްތިޔާރު ލިބިގެން ވެއެވެ.
ބިޑް ރަޖިސްޓްރީ ކުރުން
ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި ރަޖިސްޓަރ ކުރަންވާނެއެވެ. ރަޖިސްޓަރީ ކުރައްވާނީ މިއިޢުލާނާއި އެއްކަރުދާސް ކުރެވިފައި 'ބިޑަރޒް ރެޖިސްޓަރޭސަން ފޯމް' [email protected] އަށް އީ-މެއިލް ކުރައްވައިގެނެވެ. ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވަޑައިގަތުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 17 ޖަނަވަރީ 2021 ވާ ދުވަހުގެ މެންދުރުފަހު 12:00 އައި ހަމައަށެވެ.
ބިޑް ސެކިއުރިޓީ
|
ލޮޓް |
ބިޑް ސެކިއުރިޓީ |
|
ލޮޓް 1 |
6000 ރުފިޔާ |
|
ލޮޓް 2 |
7000 ރުފިޔާ |
|
ލޮޓް 3 |
މި ލޮޓަށް ބިޑް ސެކިއުރިޓި ބޭނުމެއް ނުވެއެވެ. |
|
ލޮޓް 4 |
މި ލޮޓަށް ބިޑް ސެކިއުރިޓި ބޭނުމެއް ނުވެއެވެ. |
ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ވެލިޑިޓީ ޕީރިއެޑް ހަމަވުމުގެ އިތުރުން 30 ދުވަހެވެ.
މި ބީލަމަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރެވޭގޮތުގެ ތަފުސީލު
އަގަށް : 40 ޕޮއިންޓު
ހުށަހެޅޭ އެންމެ ހެޔޮ އަގު ×40
ހުށަހެޅި އަގު
މުއްދަތު: 40 ޕޮއިންޓު
ހުށަހެޅޭ އެންމެ ކުރު މުއްދަތު ×40
ހުށަހެޅި މުއްދަތު
ތަޖްރިބާ: 20 ޕޮއިންޓް
ތަޖްރިބާ އަށް މާކްސް ދީފައިވާ ގޮތް "ޓާރމްސް އޮފް ރިފަރެންސް" ގައި ވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 16 ޖަނަވަރީ 2021 ވާ ދުވަހު 12:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.
ޖީ.ސީ.އެފް ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓް،
ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާޓްމަންޓް،
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
މާފަންނު، މާލެ، 20392 ދިވެހިރާއްޖެ.
ފޯން: +(960) 301 8395
ވެބްސައިޓް: http://www.environment.gov.mv
އީ-މެއިލް [email protected]
ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން
ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 21 ޖަނަވަރީ 2021 ވަނަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން (120) ދުވަސް އޮންނަންވާނެއެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު 21 ޖަނަވަރީ 2021 ވަނަ ދުވަހުގެ 10:00 ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ
ޖީ.ސީ.އެފް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް
ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާޓްމެންޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
މާފަންނު، ހަނދުވަރީ ހިނގުން
ފޯނު ނަންބަރު: 3018396، 3018395
އީމެއިލް : [email protected]
(މަޝްރޫޢު ނަން)
އިޢުލާނު ނަންބަރު:
ނޯޓް:
- މި އިޢުލާނާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3018396، 3018395 ނަންބަރު ފޯނަށެވެ.
- މި އިއުލާނާއިގުޅިގެން ބިޑް ހުށަހެޅުމުގައި ހުރިހާ އައިޓަމަކަށް ބިޑް ހުށަހަޅަން ޖެހޭނެއެވެ. ހުރިހާ އައިޓަމަކަށް ބިޑް ހުށަނާޅާ ފަރާތްތަކުގެ ބިޑު ބާތިލް އިޚްތިޔާރު މިމިނިސްޓްރީއަށް ލިބިގެންވެއެވެ.
