މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ދުވާފަރު ޤަބުރުސްތާނު ބަލަހައްޓާ މަސައްކަތު މީހަކު ނެގުމަށް

އިޢުލާނު

ވަޒީފާގެ ފުރުޞަތު:

މަޤާމް:                       ޤަބުރުސްތާނު މަސައްކަތު

ބޭނުންވާ ޢަދަދު:                 1 (އެކެއް)  

މަޤާމުގެ ގިންތި:                 ދާއިމީ

ސެކްޝަން:                    މުނިސިޕަލް ސާރވިސް

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:     ރ. ދުވާފަރު ޤަބުރުސްތާނު / ރ. ދުވާފަރު

އަސާސީ މުސާރަ:                މަހަކު 3000.00 ރ (ތިންހާސް ރުފިޔާ)

ސާރވިސް އެލަވަންސް:            މަހަކު 500.00 ރ (ފަސް ސަތޭކަ ރުފިޔާ)

އަންގިއާއި ބަރޯފަދަ ތަކެތި ސާފުކޮށް ތެޔޮލާ ހެދުމަށް ކޮންމެ މަހަކު ދެވޭ ފައިސާ:  200ރ (ދުއިސައްތަ ރުފިޔާ)                            

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޤަބުރުސްތާނުގެ އެތެރޭގައި ފަޅާ ވިނަތައް ނޮޅައި ކުނިތައް ނަގައި ސާފުކުރުން
  2. ޤަބުރުސްތާނުން ނަގާ ވިނަތަކާއި ކުނިތައް ކުނި ކޮށްޓަށް ގެންދިޔުމަށް ޑަސްބިނަށް އަޅާ ބޭރަށް ނެރެފައި ބެހެއްޓުން
  3. ޤަބުރުސްތާނުގެ ވަށައިގެންވާ މަގުތަކުގައި (ޤަބުރުސްތާނާއި ވީފަޅީގައި) ފަޅާފައި ހުންނަ ވިނަތަކާއިކުނިތައް ނޮޅައި ސާފުކުރުން
  4. ޤަބުރުސްތާނު ކުރިމަތީގައި މީހުން އިށީނދެ ތިބުމަށް ހަދާފައިވާ އަށިތައް ސާފުކުރުމާއި ނިކަ ގަހުން ފައިބާ ފަތާއި ނިކަތައް ބަގައި އެ ސަރަޙައްދު ސާފުކުރުން
  5. މީހަކު ނިޔާވެއްޖެނަމަ ޤަބުރުސްތާނު ހުޅުވައިދީ އަދި ޖަނާޒާގެ އެންމެހައި ކަންކަން ނިމުމުން ލެއްޕުން
  6. ޤަބުރުސްތާނު އެތެރެއަށް އަލިކުރަން ލާފައިވާ ބޮކިތައް ދިއްލުމަށްފަހު ނުނިއްވާ ހުރެއްޖެނަމަ އެ ބޮކިތައް ނިންވާލުން
  7. ރަށުގެ ތަރައްޤީއަށް ކުރެވޭ އެންމެހައި މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން
  8. ޤަބުރުސްތާނު ފާރުގައި ކުލަލުން
  9. ވަޅު ކޮނުމަށް ބޭނުންކުރާ އުދަލި، ފަކީރާ ފަދަ ތަކެތި މި އިދާރާއިން ޙަވާލުކުރުމަށް ޖަނާޒާގެ ކަންތައް ނިމުމުން ރަނގަޅަށް ތެޔޮލާ ރައްކާތެރިކަމާއެކު ބެލެހެއްޓުން (މި ތަކެތި ބެހެއްޓިފައި ހުންނަން ޖެހޭނީ ހިނަވާ ގޭގައެވެ)
  10. 10.  މި ދެންނެވި ކަންތައްތަކުގެ އިތުރުން ރ. ދުވާފަރު ކައުންސިލްގެ އިދާރާއިން އަންގާ ކަންކަން ކުރުން
  11. 11.  ދޮރާށީގެ ދަބަރު ކަހައި ދަވާދުލުން (ކައުންސިލުން ތަކެތި ދިނުމުން)
  12. 12.  ލައިޓް ޕޯސްޓުގެ ދަބަރު ކަހައި ދަވާދުލާއިރު އެހީތެރިވުން

މަޤާމުގެ ޝަރުތު:

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އަސާސީ ފެންވަރަށް ލިޔަން ކިޔަން އެނގުން
  2. ސިއްޙަތު ރަނގަޅު ޢުމުރުން 18 އަހަރު ފުރި، 65 އަހަރު ނުފުރޭ ދުވާފަރުގެ ރައްޔިތެއްކަމުގައިވުން
  3. އެހެން ތާކު ވަޒީފާ އަދާކުރާ މީހެއް ކަމުގައި ނުވުން

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މިފަދަ މަސައްކަތްތައް މީގެ ކުރިން ކޮށްއުޅޭ ފަރާތެއް ކަމުގައިވުން
  2. ހީވާގިކަމާއި މުރާލިކަމާއެކު ކަމަށް ކަމޭހިތައިގެން މަސައްކަތްކުރުން، ރުޅިމަޑޫކަމާއި އެހެން މީހުންނަށް ރީތިކޮށް މުޢާމަލާތް ކުރަން އެނގުން.
  3. މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ
  4. އިންޓަރވިއު / ޕްރެކްޓިކަލްސް

 

ސިޓީ ފޮނުވަންވީ ތާރީޚް:

                މި ވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު، 21 ޖެނުއަރީ 2021 ބާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާއަށް ހުށައެޅުއްވުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ލިއުންތައް:

  1. ވަޒީފާއަށް ކުރިމަތިލުމަށް އެދޭ ފޯމް (ފޯމް ލިބިވަޑައިގަންނަވާނީ ދުވާފަރު ކައުންސިލްގެ އިދާރާއިން)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާތަކުގެ ލިޔުންތައް
  4. ސަރުކާރުގެ އިދާރާއަކުން ތައްގަނޑު ޖަހާފައިވާ ލިޔަން ކިޔަން ދަންނަ މީހެއްކަން އަންގައިދޭ ލިޔުން

 

އިތުރު މަޢުލޫމާތު ހޯދުން:

  • މި ވަޒީފާއަށް ހުށައެޅުމުގައި އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާގެ ނަމްބަރ: 6582701 ފޯނާ ގުޅުއްވުން އެދެމެވެ.
  • މި މަޤާމަށް އިންޓަރވިޔު ކުރެވޭނީ މި މަޤާމަށް ހުށައަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެއެވެ.

27 ޖުމާދަލްއޫލާ 1442

11 ޖެނުއަރީ 2021

11 ޖަނަވަރީ 2021
ހޯދާ