ދިވެހިރާއްޖެ
ނަންބަރު: 01/2021/(IUL)P7C
އިޢުލާން
މި ކޯޓުގެ ބައެއް އޭސީތައް ސާވިސް ކޮށްދޭނެ ފަރާތެއް ހޯދުން
މި ކޯޓުގެ އޭސީތަކެއް ސާވިސް ކުރުމަށް ކުރެވުނު މިކޯޓުގެ ނަންބަރު (IUL)P7C/2020/04 އިޢުލާނާއި ގުޅިގެން އެކަށިގެންވާވަރަށް ކޯޓޭޝަންތަށް ލިބިފައިނުވާތީ އެއިޢުލާން ބާތިލްކޮށް ތިރީގައި ދެންނެވިފައި އެވާ އޭސީތައް ސާވިސް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ސާވިސް ކުރަންޖެހޭ އޭސީ ތަކުގެ ތަފްސީލް ތިރީގައި އެވަނީ އެވެ.
# |
ބްރޭންޑް/ސައިޒު |
ދިމާވެފައިވާ މައްސަލަ |
1 |
GREE 12000 BTU |
ފިނިނުވުމާއި، އިންޑޯ ޔުނިޓުގެ އަޑު ބާރުވުން |
2 |
GREE 12000 BTU |
ފިނިނުވުމާއި، އިންޑޯ ޔުނިޓުގެ އަޑު ބާރުވުން |
3 |
GREE 12000 BTU |
ފިނިނުވުން |
4 |
GREE 12000 BTU |
ފިނިނުވުން |
5 |
GREE 12000 BTU |
ފިނިނުވުން |
6 |
GREE 12000 BTU |
ފިނިނުވުން |
ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 ޖެނުއަރީ 2021 ވަނަ ދުވަހުގެ 12:30 ގެ ކުރިން 6820778 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު ހަމައެދުވަހުގެ (20 ޖެނުއަރީ 2021) 13:00 އަށް މިކޯޓަށް ޙާޟިރުވެ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު
- އޭސީތައް ސާވިސް ކުރުމުގެ ތެރޭގައި އެއްވެސް އޭސީ އަކުން އެއްވެސް މައްސަލައެއް ފާހަގަ ވާނަމަ އެ ކަމެއް ހައްލު ކުރަންވާނީ އެމަސައްކަތް ކުރުމަށް ހުއްދަ ލިބިގެންނެއެވެ.
- ކޯޓޭޝަނުގައި މަސައްކަތް ކުރެވޭނެ އަގާއި މަސައްކަތުގެ މުއްދަތު ބަޔާންކޮށްފައި އޮންނަށް ވާނެއެވެ.
- މިކަމަށް ކުރިމަތިލަނީ ކުންފުންޏެއް (ޕާރޓްނަރޝިޕެއް) ނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަން ވާނެއެވެ. އަމިއްލަ ފަރާތަކުން ނަމަ، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ/ އައިޑީކާޑު ހުށަހަޅަންވާނެއެވެ.
މަސައްކަތް ހަވާލުކުރެވޭނީ މިމަސައްކަތް ކުރުމަށް އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށެވެ.