ގުޅީ ސްކޫލް
ދިވެހިރާއްޖެ
2021 ވަނަ އަހަރު މިސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް އެޕާޓްމަންޓެއް ކުއްޔަށް ހިފުމާއިބެހޭ

އިޢުލާން

2021 ވަނަ އަހަރު މި ސްކޫލްގެ އިސްވެރިޔާ ހުންނެވުމަށްޓަކައި މަދުވެގެން 02 ކޮޓަރީގެ އެޕާޓްމަންޓެއް (އެޓޭޗް ފާޚާނާއާއެކު) ސިޓިންގރޫމަކާއި، ބަދިގެ އަދި ކާގެއާއިއެކު (ކައްކައި ކެއުމަށް ބޭނުންކުރާ ސާމާނާއެކު) ކުއްޔަށް ހިފުމަށް ބޭނުންވާތީ، މި ސްކޫލުން ކުރި އިޢުލާން GS146/IUL/2021/02  (05 ޖަނަވަރީ 2021) އިޢުލާނާއި ގުޅިގެން ތިން ފަރާތުން މައުލޫމާތު ސާފުކުރުމަށް ހާޟިރުވެފައިނުވާތީ އެޢިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2021 ޖަނަވަރީ 17 ވާ އާދިއްތަ ދުވަހުގެ 13:00 ށް ސްކޫލަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2021 ޖަނަވަރީ 21 ވާ ބުރާސްފަތި ދުވަހުގެ 13:00 ށް ބިޑް ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކާއިއެކު ވަޑައިގަންނަވާ ބޭފުޅެއްގެ އައި.ޑީ.ކާރޑު ގެންނެވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ހާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ގޭގެ ފްލޯ ޗާޓާއި، އިންވެންޓްރީ ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ރަސްމީގަޑީގައި 6642512 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

އެހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 ޖުމާދަލްއޫލާ 1442

11 ޖަނަވަރީ 2021
ހޯދާ