ދިވެހިރާއްޖެ
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ކ.ގާފަރު، ދިވެހިރާއްޖެ ނަމްބަރ: (IUL)331/331/2021/2
އިޢުލާން
ރަށުގައި އުފެދޭ ކުނި ނައްތާލާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
މި ރަށުގައި އުފެދޭ ދުވަހުން ދުވަހަށް ނައްތާލަން ބޭނުންވާ ކުނި ނައްތާލަދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މިމަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 2021 ޖަނަވަރީ 14 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި މިކައުންސިލްގެ އިދާރާގައެވެ. އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2021 ޖަނަވަރީ 24 ވަނަ ދުވަހުގެ 11:00 ގައި މިކައުންސިލްގެ އިދާރާގައެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤްވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިކައުންސިލްގެ އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
27 ޖުމާދަލްއޫލާ 1442
11 ޖަނަވަރީ 2120