މަޤާމް: |
އަތޮޅު ކޯޑިނޭޓަރ |
ބޭނުންވާ ޢަދަދު: |
19 |
މަސައްކަތް ކުރަންޖެހޭ ތަން: |
- އަތޮޅު ތަޢުލީމީ މަރުކަޒު ހުންނަ ރަށުގައި
- ހއ، ހދ، ށ، ނ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، ތ، ގއ، ގދ އަދި އަޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ
|
ވަޒީފާގެ މުއްދަތު: |
- 1 އަހަރު (ކޮންޓްރެކްޓް އުސޫލުން)
|
މުސާރަ: |
- ދެފަރާތް އެއްބަސްވާ ގޮތަކަށް
|
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ކުންފުނީގެ ފަރާތުން، އަތޮޅުތަކާއި ރަށްރަށުގައި ހިންގާ ޕްރޮޖެކްތަކާއި ޕްރޮގްރާމްތަކާއި ހަރަކާތްތަކާއި މަސައްކަތްތައް އެންމެ ފުރިހަމަ ކަމާއެކު ގެންދިއުމަށް ކުރަންޖެހޭ ކަންކަން ކުރުމުގައި ކުންފުނިން އަންގާގޮތެއްމަތިން އެ ކަންކަން ރާވާ ހިންގުން.
- ކުންފުނީގެ ފަރާތުން، އަތޮޅުތަކާއި ރަށްރަށުގައި ހިންގާ ޕްރޮޖެކްތަކާއި ޕްރޮގްރާމްތަކާއި ހަރަކާތްތަކާއި މަސައްކަތްތަކަށް އެއްވެސް ދަތިކަމެއް ނާންނަ ގޮތުގެ މަތިން މަސައްކަތްތަކަށް ބޭނުންވާ ތަކެތި ކުންފުންޏާއި ގުޅިގެން އެކަކެތި ބޭނުންވާ ވަގުތަށް ގެނެސް ސްޓޮކް ބެލެހެއްޓުން.
- ކުންފުނީގެ ފަރާތުން، އަތޮޅުތަކާއި ރަށްރަށުގައި ހިންގާ ޕްރޮޖެކްތަކާއި ޕްރޮގްރާމްތަކާއި ހަރަކާތްތަކާއި މަސައްކަތްތައް މިކުންފުނިން ފޮނުވާތަކެއްޗާއި ހަވާލުވުމާއި އެތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
- ކުންފުނީގެ ފަރާތުން، އަތޮޅުތަކާއި ރަށްރަށުގައި ހިންގާ ޕްރޮޖެކްތަކާއި ޕްރޮގްރާމްތަކާއި ހަރަކާތްތަކާއި މަސައްކަތްތަކަށް ކުންފުނިން ފޮނުވާތަކެތި، ކުންފުނީގެ އިދުޝާދާ އެއްގޮތަށް، ފޮނުވަންޖެހޭ އަތޮޅުތަކަށާއި ރަށްރަށަށް އެތަކެތި ފޮނުވުމާއި ފޮނުވާފަރާތަށް އެތަކެތި ލިބުނުކަން ޔަގީން ކުރުން.
- ކުންފުނިން ފޮނުވާ އެންމެހާ ތަކެތީގެ ރިކޯޑް ބެލެހެއްޓުން
- ކުންފުނިން ފޮނުވާ ތަކެތީގެ ސްޓޮކް ބެލެހެއްޓުމާއި ކުންފުނިން އަންގާ ގަވާއިދެއްގެ މަތިން ސްޓޮކް ރިޕޯޓް ކުންފުންޏަށް ފޮނުވުން.
- ކުންފުނީގެ ތަންތަނާއި މުދަލާއި ތަކެތި ނުވަތަ ކުންފުނީގެ ބެލުމުގެ ދަށުގައި ހުންނަ ތަންތަނާއި މުދަލާއި ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
- ކުންފުނީގެ މަސައްކަތަށް ބޭނުންވާ ތަކެތި ހަމަޖެފައިވާ ޤަވާއިދުގެ މަތިން އެތަކެތި ބޭނުންވާ ވަގުތަށް ހޯދާ ރެކޯޑުކޮށް ބެލެހެއްޓުން.
- މި ކުންފުނީގެ ފަރާތުން ހިންގާ ކޮންޓްރެކްޓް ފާމިންގެ މަސައްކަތްތާއި އެހެނިހެން މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުން.
- މީގެ އިތުރުން، ކުންފުނީގެ ލާބައާއި މަންފާއަށް ހުރިހާ މުވައްޒަފުން ގުޅިގެން ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުން.
|
ޝަރުތު: |
- ޖީ.ސީ.އީ/ އައި.ޖީ.ސީ.އެސް ފާހެއް އޮތުން ނުވަތަ
- 5 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.
|
އިސްކަންދެވޭނެ އިތުރު ކަންތައްތައް |
- މަސައްކަތްކުރަންޖެހޭ ރަށުގައި ގާއިމްވެ ދިރިއުޅޭ މީހަކަށްވުން.
- ގިނައިރު މަސައްކަތުގައި އުޅެވޭނެ އަދި ތަކެތި އުފުލާ އުޅެވޭފަދަ ޞިއްހަތެއްގައި ހުރި މީހަކަށްވުން.
- އިނގިރޭސި ބަހުންނާއި ދިވެހިބަހުން ލިޔަންކިޔަން އެނގުން
- ކޮންޕިއުޓަރު ރަނގަޅަށް ބޭނުން ކުރަން އެނގުން.
- އެކަނި އަދި މީހުންނާއެކީ މަސައްކަތް ކުރުމުގެ ހުނަރު ހުރުމާއި ކަނޑައެޅިފައިވާވަގުތަށް، މަސައްކަތް ނިންމުމުގެ ޤާބިލުކަންހުރުން.
- މީހުންނާ މުޢާމަލާތު ކުރުމުގެ ހުނަރުހުރުން.
|
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި: |
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ އައި.ޑީ.ކާޑް ކޮޕީ
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި)
- ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، އެފަރާތުގެ ލިޔުން
|