ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް އެއް ކޮޓަރީގެ އެޕާރޓްމަންޓެއް އެއް އަހަރު ދުވަހަށް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމާއިގުޅޭ

އިޢުލާން

 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށްއެއް ކޮޓަރީގެ އެޕާރޓްމަންޓެއް އެއް އަހަރު ދުވަހަށް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމާއިގުޅޭ

 

މި ޔުނިވަރސިޓީގެ 250-150 އަކަފޫޓުގެ 1 ކޮޓަރީގެ އެޕާރޓްމަންޓެއް 1 އަހަރު ދުވަހަށް ކުއްޔަށް ދޫކޮށްދޭނެ ފަރާތެއްހޯދުމަށް ކުރެވުނު ފުރަތަމަ ނަންބަރު  IUL) 170-PR/170/2020/97)     (30ޑިސެންބަރ 2020) ގެ އިޢުލާންއާއި އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީވެ، އެ އިޢުލާނު ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ. ވިމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މި ކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

ބީލަން ހުޅުވުން އަދި ބީލަން ވެލިޑިޓީ

 

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 21 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 30:12 ގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޟިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚް، އިޢުލާން ނަންބަރު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 60 ދުވަސް އޮންނަންވާނެއެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރުން

 

މި އިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާސް ގެޒެޓްގައި ހިމަނާފައިވާނެއެވެ. އަދި މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 19 ޖަނަވަރީ 2021 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން[email protected]    އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ނުވަތަ 3022115 / 3022120 ނަންބަރު ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

11 ޖަނަވަރީ 2021
ހޯދާ