މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ޚާއްޞައެހީއަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ލިޔެކިޔުންތައް ފުރިހަމަ ނުވުމުގެ ސަބަބުން ޝަރުޠު ހަމަ ނުވާކަމަށް މި މިނިސްޓްރީން ކަނޑައެޅި ދަރިވަރުންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމާބެހޭ

ޚާއްޞައެހީއަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ލިޔެކިޔުންތައް ފުރިހަމަ ނުވުމުގެ ސަބަބުން ޝަރުޠު ހަމަ ނުވާކަމަށް މި މިނިސްޓްރީން ކަނޑައެޅި ދަރިވަރުންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމާބެހޭ

 

މި މިނިސްޓްރީގެ ނަންބަރު  (IUL)142-C2/142/2020/61 (14.10.2020) އިޢުލާނާ ގުޅިގެން ޒަކާތު ފަންޑުން މަތީ ތަޢުލީމަށް އެހީ ދިނުމަށްޓަކައި "ޚާއްޞަ އެހީ" ގެ ނަމުގައި ހުޅުވާލެވުނު ފުރުޞަތުގައި ލިޔެކިޔުންތައް ފުރިހަމަ ނުވުމުގެ ސަބަބުން ޝަރުޠު ހަމަނުވާކަމަށް ކަނޑައަޅާފައިވާ އެޕްލިކޭޝަންތަކާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 10 ޖަނަވަރީ 2021 ވާ އާދީއްތަ ދުވަހުން ފެށިގެން 14 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ޢާއްމުކޮށް އިޢުލާންކުރަމެވެ. ޝަކުވާ ހުށަހަޅުއްވާނީ [email protected] އަށް ނުވަތަ މި މިނިސްޓްރީގެ ކައުންޓަރަށެވެ. މަތީގައި ދެންނެވިފައިވާ ސުންގަޑި ހަމަވުމަށްފަހު ޝަކުވާ ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.  

އަދި ދަންނަވަމެވެ. އަސާސީ ޝަރުތުތައް (ސުންގަނޑި ހަމަވުމަށްފަހު ހުށަހަޅާފައިވާ އެޕްލިކޭޝަންތަކާއި، ކޯހުގެ ފުރަތަމަ ސެމިސްޓަރގެ ކިޔެވުން ފުރިހަމަކޮށްފައިނުވާ އެޕްލިކޭޝަންތަކާއި، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގައިވާ ލެވެލް 5 އިން ދަށުގެ ކޯސްތަކަށް ކިޔެވުމަށް އެހީއަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތަކަށް) ފުރިހަމަނުވާތީ، ޝަރުޠު ހަމަނުވާކަމަށް ކަނޑައަޅާފައިވާ އެޕްލިކޭޝަންތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ނެތް ވާހަކަ ދަންނަވަމެވެ. 

 

26 ޖުމާދަލްއޫލާ 1442ހ.

10 ޖަނަވަރީ 2021
ހޯދާ