ދިވެހިރާއްޖެ
ނަންބަރު: 1(IUL)120/1/2021)
އިޢުލާން
މިޑިޕާޓްމަންޓްގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް ވަގުތީ މުވައްޒަފުން ބޭނުން ވެއްޖެއެވެ.
މަޤާމް |
ޕޭޕަރ ސެޓަރ ( ކޮންޓްރެކްޓް ) |
||||
ބޭނުންވާ ޢަދަދު |
އެސް.އެސް.ސީ: ދިވެހި 4 އިސްލާމް 4 |
|
އެޗް.އެސް.ސީ: ދިވެހި 4 އިސްލާމް 4 |
|
|
ޢުޖޫރަ: |
12,000.00 ރުފިޔާ |
||||
މުއްދަތު: |
2021 ޖެނުއަރީ 24 ން 2021 ފެބްރުއަރީ 18 ށް |
||||
އަސާސީ ޝަރުޠު: |
2. ސުވާލުކަރުދާސް ތައްޔާރުކުރާ އަހަރު ނުވަތަ އިމްތިޙާނަށް ކުދިން ތައްޔާރުކުރާ ނުވަތަ އެއަހަރު އިމްތިޙާން ހަދާ ދަރިވަރަކަށް ކިޔަވައިދޭ މީހަކަށް ނުވުން 3. ތިމާ ނުވަތަ ތިމާގެ އަންބެއް، ފިރިއެއް، ދަރިއެއް، އިމްތިޙާނުގައި ބައިވެރި ނުވުން 4. ވޭތުވެދިޔަ އަހަރުތަކުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނުވަތަ މި ޑިޕާޓްމަންޓުން ނުވަތަ ކަމާގުޅުން ހުރި އިދާރާއަކުން ސުލޫކީ މައްސަލައެއްގައި ފިޔަވަޅު އަޅާފައިވާ ފަރާތެއް ކަމުގައި ނުވުން
|
||||
މަޤާމުގެ މަސްއޫލިއްޔަތު: |
|
ވަޒީފާއަށް އެންމެ ގާބިލް މީހެއް ހޮވުމަށް ބަލާނޭ ކަންކަން - ޕޭޕަރ ސެޓިންގ ގެ މަސައްކަތަށް ނަގާނީ، ލިބިފައިވާ ތަޢުލީމާއި ތަމްރީނުގެ ސެޓްފިކެޓްތަކަށާއި މަސައްކަތުގެ އަމަލީ ތަޖްރިބާއަށް ބަލައިގެން، ޕޮއިންޓްދޭ އުޞޫލުން، އެންމެމަތިން މާކުސް ލިބޭފަރާތްތަކުގެ ތެރެއިން އެ އަހަރަކަށް ކަނޑައަޅާފައިވާ އަދަދަށެވެ. - ދެފަރާތެއްގެ މާކުސް ހަމަހަމަ ވެއްޖެނަމަ، އޭގެތެރެއިން ވަކިމީހަކު ކަނޑައަޅާނީ އިންޓަވިއު ކޮށްގެންނެވެ. |
އިންޓަރވިއު ކުރުން: މިމަގާމްތަކަށް މީހުން ހޮވުމަށް އިންޓަރވިއު ކޮށް ލިޔުމުން ޖަވާބުދާރީ ކުރުވާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 03 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ ވެބްސައިޓުން www.dpe.edu.mv އިން ލިބެން ހުންނާނެއެވެ.)
ށ- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެޓެސްޓް ކޮށްފައި/ 2018 ވަނަ އަހަރުން ފެށިގެން މި ޑިޕާޓްމަންޓަށް ތަޢުލީމީ ސެޓްފިކެޓްތައް ހުށަހަޅާފައިވާ ފަރާތްތައް އަލުން ހުށަހަޅާކަށް ނުޖެހޭނެއެވެ. ނަމަވެސް އޭރު ހިމެނުމަށް ހުށަހެޅި އެއްވެސް ފަންނީ މަޢުލޫމާތަކަށް އުނިއިތުރެއް އަތުވެއްޖެނަމަ އެމަޢުލޫމާތު ހުށަހަޅަން ވާނެއެވެ.)
ނ- ވަޒީފާއެއް އަދާކުރާނަމަ ނުވަތަ އަދާކޮށްފައިވާނަމަ އެ ވަޒީފާގެ މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭ ލިޔުމެއް.
ރ- ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ސާފުކޮށް ފެންނާނޭހެން ނަގާފައިވާ ކޮޕީ.
ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
ތަކެތި ހުށަހަޅަންޖެހޭ އޮފީސް
މިމަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް / ހ.އަސްރަފީވިލާ (މަޖީދީ މަގު) 2 ވަނަ ފަންގިފިލާގެ ކައުންޓަރަށް.
ތަކެތި ހުށަހެޅުމުގެ ސުންގަޑި އަކީ 2021 ޖެނުއަރީ 19 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން
26 ޖުމާދަލްއައްވަލް 1442
10 ޖެނުއަރީ 2021