ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

ކުޅުދުއްފުށީ ކައުންސިލް އިދާރާއާއި މިސްކިތްތަކުގެ ކުނި ކޮންޓްރެކްޓް އެސޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް އުކާލަދޭނެ ފަރާތެއް  ހޯދުމަށް ކުރެވުނު ނަންބަރ: (IUL)266-A/266/2020/149 އިޢުލާނަށް ޞައްޙަ ބީލަމެއް ލިބިފައި ނުވާތީ އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތައް ޝަޢުޤުވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 10 ޖަނަވަރީ 2021 (އާދީއްތަ) ދުވަހުގެ 08:00 ން ފެށިގެން 17 ޖަނަވަރީ 2021 ވާ (އާދީއްތަ) ދުވަހުގެ 14:00 އާއި ދެމެދު މިއިދާރާގެ ނަމްބަރ 6528831 އަށް ގުޅުއްވާ ނަންނޯޓް ކުރެއްވުން އެދެމެވެ. ކައުންސިލް އިދާރާއަށް ވަޑައިގެންވެސް ނަންނޯޓް ކުރުން ކުރިއަށް ގެންދެވޭނެއެވެ.

  •  މައުލޫމާތު ދިނުން – 18 ޖަނަވަރީ 2021 ވާ (ހޯމަ) ދުވަހުގެ 10:30 ގައި
  • އަންދާސީ ހިސާބު ހުށަހެޅުން – 21 ޖަނަވަރީ 2021 ވާ (ބުރާސްފަތި) ދުވަހުގެ 10:30 ގައި

މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މައުލޫމާތު ސެޝަންގައި ބައިވެރި ވެލެއްވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ ވެރިފަރާތުގެ ލިޔުމެއް ގެންނަވަން ޖެހޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

10 ޖަނަވަރީ 2021
ހޯދާ