ދިވެހިރާއްޖެ
ހިރިލަންދޫގެ އިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް 01 ފެބުރުއަރީ 2021 އިން 31 ޖެނުއަރީ 2022 ގެ ނިޔަލަށް ކޮށްދޭނެ ފަރާތެއް ހޯދަންކުރި ނަންބަރ: (IUL)389/389/2021/01 އިޢުލާނާގުޅިގެން އެކަށީގެންވާވަރަށް ޝަޢުޤުވެރިކަން ފާޅުކޮށްފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިއުލާންކުރީމެވެ.
މިމަސައްކަތުގެ މައުލޫމާތު ހިމެނޭ ބިޑްފޮތް 10 ޖަނަވަރީ 2021 ވާ އާދީއްތަ ދުވަހުން ފެށިގެން 13 ޖަނަވަރީ 2021 ވާ ބުދަ ދުވަހުގެ 2.00 އާހަމައަށް ރަސްމީބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިކައުންސިލުން ލިބެން ހުންނާނެއެވެ. ބިޑް ފޮތެއްގެ އަގަކީ -/50ރ (ފަންސާސް ރުފިޔާ) އެވެ. އަދި ބިޑްފޮތް ބައްލަވާގަންނަވާ ފަރާތަކުން ތިރީގައި މިދަންނަވާ ތާރީޚްތަކަށް ސަމާލުވުމަށް ދަންނަވަމެވެ.
ތަން |
ތާރީހް |
ދުވަސް |
ގަޑި |
|
މައުލޫމާތު ބައްދަލުވުން |
ތ.ހިރިލަންދޫ ކައުންސިލް އިދާރާ |
14 ޖެނުއަރީ 2021 |
ބުރާސްފަތި |
1.30 |
ބިޑް ހުށައެޅުން |
ތ.ހިރިލަންދޫ ކައުންސިލް އިދާރާ |
17 ޖެނުއަރީ 2021 |
އާދީއްތަ |
11:00 |
މިއިއުލާނާ ގުޅިގެން ހުށަހެޅޭ މައުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާތިލްވާނެވާހަކަ ދަންނަވަމެވެ. އަދި ބިޑްފޮތް ބައްލަވައި ނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް ފުރުޞަތު ނުލިބޭނެއެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރަމެވެ.
23 ޖުމާދިލްއޫލާ 1442
07 ޖަނަވަރީ 2021