މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ފީ

   އުޅަނދުގެ ރަޖިސްޓަރީ ނުވަތަ ވެރިފަރާތުގެ މަޢުލޫމާތާއި އުޅަނދުގެ ރަޖިސްޓަރީ ނަމްބަރު ނުވަތަ ޓެކްސްޕޭޔަރ އައިޑެންޓިފިކޭޝަން ނަންބަރު (TIN) އެވެ.
    1. 4.       ފައިސާ ދައްކަންޖެހޭނީ ކިހިނެތް؟

ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ފީ

 1.  ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ފީ އަކީ ކޮބާ؟

      ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ފީ އަކީ ޤާނޫނު ނަންބަރު 83/19 (ކަނޑުގައި ދުއްވާ އެއްޗެހިން ފީ ނެގުމުގެ ޤާނޫނު) ގެ ދަށުން މަސްވެރިކަމަށް ބޭނުންކުރާ އުޅަނދު ފިޔަވައި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންސްގައި ރަޖިސްޓަރީ ކޮށްފައި ހުންނަ، އިންޖީނުލީ އުޅަނދުފަހަރާއި މުދާ އުފުލުމަށް ދުއްވާ އެއްޗެހިން ނެގޭ ފީއެކެވެ. މަސްވެރިކަމަށް ބޭނުންކުރާ އުޅަނދު ކަމުގައި ބަލާނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގައި ރަޖިސްޓަރީ ކޮށްފައިވާ މަސްވެރިކަންކުރާ އުޅަނދުފަހަރެވެ.

2.  ފީގެ އަދަދު ކަނޑައެޅިފައިވާ އުސޫލަކީ ކޮބާ؟

  • 3 މީޓަރު ހަމަ ނުވާ އުޅަނދު

-/160 ރުފިޔާ

  • 3 މީޓަރު ހަމަވެފައި 6 މީޓަރު ހަމަނުވާ އުޅަނދު

-/400 ރުފިޔާ

  • 6 މީޓަރު ހަމަވެފައި 9 މީޓަރު ހަމަނުވާ އުޅަނދު

-/560 ރުފިޔާ

  • 9 މީޓަރު ހަމަވެފައި 12 މީޓަރު ހަމަނުވާ އުޅަނދު

-/800 ރުފިޔާ

  • 12 މީޓަރު ހަމަވެފައި 15 މީޓަރު ހަމަނުވާ އުޅަނދު

-/1500 ރުފިޔާ

  • 15 މީޓަރު ހަމަވެފައި 20 މީޓަރު ހަމަނުވާ އުޅަނދު

-/2000 ރުފިޔާ

  • 20 މީޓަރު ހަމަވެފައި 30 މީޓަރު ހަމަނުވާ އުޅަނދު

-/3000 ރުފިޔާ

  • 30 މީޓަރު ހަމަވެފައި 40 މީޓަރު ހަމަނުވާ އުޅަނދު

-/4000 ރުފިޔާ

  • 40 މީޓަރު ހަމަވާ އުޅަނދު

-/5000 ރުފިޔާ

  • 40 މީޓަރަށްވުރެ އިތުރުވާ ކޮންމެ މީޓަރަކަށް ނުވަތަ މީޓަރެއްގެ ބަޔަކަށް

-/40 ރުފިޔާ

 

3.    ފައިސާ ދެއްކުމަށް ބޭނުންވާ މަޢުލޫމާތަކީ ކޮބާ؟

      ކަނޑުގައި ދުއްވާ އުޅަނދުތަކަށް ފައިސާ ދައްކަން ކަނޑައެޅިފައިވާ އުސޫލަކީ އެ އުޅަނދެއް ރަޖިސްޓަރީ ކޮށްފައިވާ މަހުން ފެށިގެން ކުރިއަށް އެއް އަހަރަށެވެ. މީރާގެ އިތުރުން ރާއްޖޭގެ ހުރިހާ އަތޮޅު ކައުންސިލްގެ އިދާރާތަކަށް ފީ ދެއްކޭނެއެވެ.

       މިލިޔުމުގައި ހިމެނިފައިވާ މަޢުލޫމާތަކީ، މި މަޢުލޫމާތު ޝާއިޢުކުރެވުނު ވަގުތުގައި ޞައްޙަ މަޢުލޫމާތެކެވެ. އަދި މި މަޢުލޫމާތަކީ ދިވެހިރާއްޖޭގެ ޓެކުހާގުޅޭ ތަފުސީލު ރިސާރޗަކާ އެއްފަދަ ނުވަތަ ދިވެހިރާއްޖޭގެ ޓެކުހާ ބެހޭގޮތުން ދެވޭ ފަންނީ ލަފަޔަކާ އެއްފަދަ މަޢުލޫމާތެއް ނޫނެވެ

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ހޮޓްލައިން: 1415، ފޯން: 3322261  ،  ފެކްސް: 6577 331

އީމެއިލް: [email protected]، ވެބްސައިޓް: www.mira.gov.mv

13 މޭ 2013
ހޯދާ