އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2020" ލައިވް ކުރުމަށް ފުރުޞަތު ހުޅުވާލުން

އިޢުލާން 

އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2020 ގެ ނަމުގައި އައްޑޫ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ ފުޓްބޯޅަ މުބާރާތް، 2021 ޖަނަވަރީ 23 ގައި އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގައި ކުޅެވޭ ހުރިހާ މެޗްތައް ލައިވް ކޮށްދެއްވޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2021 ޖަނަވަރީ 10 ވާ އާދީއްތަދުވަހުގެ ނިޔަލަށް، މި އިދާރާގެ ސޯޝަލް ސާރވިސް ސެކްޝަނަށް އީ-މެއިލް އަކުން ހުށަހެޅުއްވުން އެދެމެވެ. 

މި ފުރުޞަތު އެރުވޭނީ ދިވެހިރާއްޖޭގެ ބްރޯޑް ކާސްޓިންގ ކޮމިޝަނުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މިގޮތުން، ހުށަހަޅުއްވާއިރު، މިކަން ކޮށްދެއްވޭނެ އަގަކާއި އުޞޫލު ހުށަހެޅުއްވުން ވެސް އެދެމެވެ.

މި ކަމަށް އެދޭ ފަރާތްތަކުން ކޮށްދެއްވުން އެދޭ ކަންތައްތައް:

  • ކޮންމެ މެޗެއް ފެށުމުގެ 15 މިނެޓް ކުރިން ފެށިގެން، މެޗް ނިމި 15 މިނެޓް ހިނގަންދެން ލައިވް ކުރުން
  • މުޅި މުބާރާތުގެ މީޑިއާ ޕާޓްނަރުގެ ގޮތުގައި ތަމްޞީލު ކޮށްދެއްވުން.

23 ޖުމާދަލްއޫލާ 1424

 

07 ޖަނަވަރީ 2021
ހޯދާ