ދިވެހިރާއްޖެ
އިޢުލާން
ރަށުން ބޭރުން މީހުން ޕިކްނިކް ސަރަޙައްދަށް އައުން މަނާކުރި އެންގުން ބާޠިލު ކުރުމާއި ގުޅޭ
ކޮވިޑް-19ގެ ވައިރަސްއާ ގުޅިގެން އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އާންމު ކޮށްފައިވާތީ، މިއިދާރާގެ ނަންބަރު: 6(IUL)305-ME305/305/2020/6 (01 ސެޕްޓެމްބަރ 2020) ގެ އިޢުލާނުން، 1 ސެޕްޓެމްބަރ 2020 ން ފެށިގެން މިރަށުގެ ޕިކްނިކް ސަރަޙައްދަށް ރަށުން ބޭރު މީހުން އައިސް އެސަރަޙައްދު ބޭނުން ކުރުން މަޑުޖައްސާލުމަށް ދެންނެވިފައި ވެއެވެ. ނަމަވެސް މިހާރު އެ ޙާލަތަށް ބަދަލު އައިސް ލުއިތައް ލިބެމުން ދާތީ، މިރަށުގެ ޕިކްނިކް ސަރަޙައްދު ބޭނުން ކުރުން މާނާކޮށް އާންމު ކުރެވިފައިވާ އިޢުލާން ބާޠިލުކޮށް، އެ ސަރަޙައްދު ބޭނުން ކުރުން ޢާންމުކޮށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަމަވެ.
މިހާލަތުގައިވެސް ޕިކްނިކް ސަރަޙައްދު ބޭނުންކުރާ ފަރާތްތަކުން އަދި މި ސަރަޙައްދަށް ރަށުން ބޭރުން ޒިޔާރަތްކުރާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދެއްވުމަށާއި ޕްކުނިކް ސަރަޙައްދުގެ ސާފުތާހިރުކަމަށް ސަމާލުކަން ދެއްވުމަށް ދަންނަވެމެވެ. އަދި އެއްފަހަރު ބޭނުންކޮށް ދޫކޮށްލެވޭ ތަކެއްޗާއި ބޭނުން ނެތިގެން ދޫކޮށްލާ ތަކެތި ޕިކުނިކް ސަރަޙައްދާއި، މޫދަށް ދޫކޮށް ނުލުމަށާއި ޑަސްބިންތަކަށް މިތަކެތި އެޅުވުމަށް ސަމާލުކަށް ދެއްވާ، ފަރުދީ ޒިންމާ އަދާކުރެއްވުމަށާއި، ރީތި އާދަތަކަށް ސަމާލުކަން ދެއްވުމަށް ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
23 ޖުމާދަލްއޫލާ 1442