ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ފެށުމަށް ހަމަޖެހިފައިވާ ލޯފަން ކުދިންނަށް ޚާއްޞަ ޤުރްއާން ހިތުދަސްކޮށްދޭ ކްލާހަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ފެށުމަށް ހަމަޖެހިފައިވާ ލޯފަން ކުދިންނަށް ޚާއްޞަ ޤުރްއާން ހިތުދަސްކޮށްދޭ ކްލާހަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

ކުއްލިއްޔާ / ސެންޓަރ

ޕްރޮގްރާމްގެ ނަން

ދަންފަޅި

ޖާގަ

ކެމްޕަސް

ފީ

ކުއްލިއްޔާ އޮފް ޤުރްއާން އެންޑް ސުންނާ

ލޯފަން ކުދިންނަށް ޚާއްޞަ ޤުރްއާން ހިތުދަސްކޮށްދޭ ޕްރޮގްރާމް

ހެނދުނު

30

މާލެ

ހިލޭ

 

ވީމާ، މި ޕްރޮގްރާމަށް ވަންނަން އެދޭ ފަރާތްތަކުން، ކޯހަށް ވަނުމަށް އެދޭފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، 4 ފެބްރުވަރީ 2021 ވަނަ ދުވަހުގެ 13:00 ގެ ކުރިން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މި ޕްރޮގްރާމާބެހޭ މައުލޫމާތާއި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު ޔުނިވަރސިޓީގެ ރިސެޕްޝަނުންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.ium.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3022124، 3022125 އަދި 7923247 ނަންބަރާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

ކޯހަށް ވަނުމަށް އެދޭ ފަރާތްތަކުން ހުށަހަޅަން ޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ ކޯހަށް ވަނުމަށް އެދޭ ފޯރމް
  • އައިޑީކާޑުގެ ކޮޕީ.
  • ޕާސްޕޯޓު ސައިޒުގެ 1 ފޮޓޯ.

 

ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ ބަންދުނޫން ކޮންމެ ދުވަހަކު

  • ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނުން
  • އީ-މެއިލް ކުރާނަމަ، [email protected] އަށް މެއިލްކުރެވޭނެއެވެ.
  • އޮންލައިންކޮށް ފޯމު ހުށަހަޅާނަމަ (ium.to/hifzapply) މިލިންކު މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ.

23 ޖުމާދުލްއޫލާ 1442

07  ޖަނަވަރީ  2021

07 ޖަނަވަރީ 2021
ހޯދާ