އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. އަތޮޅުގެ (ސްޓޭޓް ހައުސް) މަރާމާތުކުރުން: 1

އިޢުލާނު

އދ. އަތޮޅުގެ (ސްޓޭޓް ހައުސް) މަރާމާތުކުރުން: 1

 

           މިއަތޮޅު އަތޮޅުގެ ( ސްޓޭޓް ހައުސް ) 3 ރޫމް އަދި ސިޓިންގް ރޫމް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަމްބަރ: IUL)234-A/234/2020/28) ތ(23 ޑިސެންބަރު 2020) އިޢުލާނާ ގުޅިގެން ހުށަހެޅި އަގުތައް ބޮޑުކަމަށް ފެންނާތީ އެ އިޢުލާނު ބާޠިލްކޮށް މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

           މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާޢިދު" ނަންބަރު: 2019/R-1019 ތ(30 މާރޗް 2019)، ގައިވާ ގޮތުގެމަތީން ރަޖިސްޓްރީވެ މި ޕްރޮޖެކްޓުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

           ބީލަމުގައި ބައިވެރިވުމަށް ޝަރުޠުހަމަވެ ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 ޖަނަވަރީ 07 އިން 17 އަށް މިކައުންސިލްގެ ނަންބަރު 6680507 ނުވަތަ 6680039 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. ނަންނޯޓް ކުރައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމެންޓް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ. އަދި ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަ ދަންނަވަމެވެ.

            ރެޖިސްޓަރކޮށްފައިވާ ފަރާތްތަކާއެކު 12 ޖަނަވަރީ 2021 ވާ އަންގާރަ ދުވަހު މެންދުރުފަހު 13:00 ޕްރީބިޑް ސެޝަންއެއް މި ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.

            ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2021 ޖަނަވަރީ 19 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބީލަންތައް ‏‏ހުންނަންވާނީ މައުލޫމާތު ޝީޓުގައިވާފަދައިން ލޭބަލްކުރެވި ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި މި މަސައްކަތާއިގުޅޭ އިތުރު މައުލޫމާތު ‏‏ސާފުކުރެއްވުމަށް މިކައުންސިލްގެ ފޯނު ނަންބަރު: 6680507 އަށް ގުޅުއްވުން އެދެމެވެ.

 

           23 ޖުމާދަލްއޫލާ 1442

           07 ޖަނަވަރީ 2021

  (ސޮއި)    

  ޢަލީ ނަޞީރު    

އަތޮޅު ކައުންސިލްގެ ރައީސް

07 ޖަނަވަރީ 2021
ހޯދާ