ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2021 ވަނަ އަހަރަށް އެކުލަވާލާ ވޭޖް ޕޫލަށް މީހުން ހޯދުން

                      ނަމްބަރ: IUL)244-ESMSMS/244/2021/3

                             އިޢުލާން                           

 2021 ވަނަ އަހަރަށް އެކުލަވާލާ ވޭޖް ޕޫލަށް މީހުން ހޯދުން

މިރަށު މިސްކިތްތަކުގެ އިމާމުން، މުދިމުން އަދި މަސައްކަތު މީހުން އަހަރީ ޗުއްޓީއާއި އާއިލީ ޒިންމާ ޗުއްޓީ އަދި ސަލާމް ނަންގަވާ ހާލަތްތަކުގައި ވަގުތީ ގޮތުން އެމަޤާމްތަކުގައި މަސައްކަތްކުރުމަށް އެކުލަވާލެވޭ ވޭޖް ޕޫލްގައި ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލަމެވެ.

ވީމާ، ވޭޖް ޕޫލްގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ޖެނުއަރީ 2021 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ރަޖިސްޓްރީވުމަށް ބޭނުންވާ މަޤާމް ބަޔާންކޮށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. އަދި ސިޓީއާއެކު އައި.ޑީ.ކާޑްގެ ކޮޕީއާއި ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ.

ވޭޖް / ޕޫލް މަޤާމްތަކާއި އުޖޫރަ ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް

#

މަޤާމް

ރޭންކް

މަސައްކަތްކުރާ ގަޑިއަކަށް

1

އިމާމު ސަނަދު އޮންނަ މީހަކަށް (ނަމާދުކުރާ ވަގުތަކަށް)

GS3

61.00 ރުފިޔާ

2

މުދިމު ސަނަދުނެތް މީހަކަށް (ނަމާދުކުރާ ވަގުތަކަށް)

GS1

53.00 ރުފިޔާ

3

މަސައްކަތު

SS1

45.00 ރުފިޔާ

 އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ބަންދު ނޫންދުވަސްދުވަހުގެ ހެނދުނު 8:30 އިން 14:00 އަށް މިއިދާރާގެ ނަމްބަރު 6500035 ފޯނަށް ގުޅުއްވުން އެދެމެވެ. 

 މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ޖަނަވަރީ 2021
ހޯދާ