ދިވެހިރާއްޖެ
މިމަރުކަޒުގެ އުތުރުފަރާތު މަގު ފާރު ނަގާ އަލުން އެފާރު ރާނާދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރ GS-14/IUL/2020/14 (28 ޑިސެމްބަރ 2020) އިޢުލާނަށް ބީލަން ހުށަހަޅުއްވާފައިވަނީ 2 ފަރާތުން ކަމަށްވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތްތައް ކޮށްދެއްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 2021 ޖެނުއަރީ 7 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މި މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2021 ޖެނުއަރީ 11 ވާ ހޯމަދުވަހުގެ 10:00 އަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.
މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 ޖެނުއަރީ 5 އިން 2021 ޖެނުއަރީ 11 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 14:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާ ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު، ވަޑައިގަންނަވާ ބޭފުޅެއްގެ އައި.ޑީ ކާޑް ގެންނެވުން އެދެމެވެ.
21 ޖުމާދަލްއޫލާ 1442
05 ޖެނުއަރީ 2021